English Edition
Dhivehi Edition

މަސްތުވާތަކެއްޗާއެކު ހުޅުމާލެއިން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 41 އަހަރުގެ ދިވެހި ފިރިިހެނެއް ކަމަށާއި، އޭނާ ހައްޔަރުކޮށްފައިވަނީ ހުޅުމާލެ ޕެޓްރޯލްކޮށް ބަލަހައްޓަމުންދިޔަ ފުލުހުންގެ ބަޔަކަށް އޭނާގެ އަމަލުތައް ހުރިގޮތުން ހުއްޓުވައި ބަލައި ފާސްކުރުމަށްފަހު ޖުލައި 19 ވަނަ ދުވަހުގެ 14:56 ހާއިރު ހުޅުމާލެ މަގުމަތިން ކަމަށެވެ.

މީގެ އިތުރުން އޭނާ ހުއްޓުވައި އޭނާގެ ހަށިގަނޑު ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 19 ރަބަރު ޕެކެޓު ފެނިފައިވާ ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.

ފުލުހުން ބުނީ އެ މައްސަލަ ހުޅުމާލެ އިންވެސްޓިގޭޝަން ޑިޕާޓްމަންޓުުން މިހާރު ތަޙުޤީޤު ކުރަމުންދާ ކަމަށެވެ.