English Edition
Dhivehi Edition

ފިލައިގެން އުޅޭ ބިދޭސީއަކު ހޯދަން މޯލްޑިވްސް ޕޮލިސް ސަރވިސް އިން އިޢުލާންކޮށްފި އެވެ.

ފުލުހުން ބުނީ އޭނާ އަކީ ފުރަބަންދާ ގުޅިގެން ކަރަންޓީން ފެސިލިޓީއެއްގައި ބަހައްޓާފައިވަނިކޮށް ފިލާފައިވާތީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާތީ ހޯދަމުންދާ މީހެއް ކަމަށެވެ.

އެގޮތުން އެ މައްސަލައާއި ގުޅިގެން ހޯދަމުންދަނީ ބަހާދުރު، ކުމިލަ، ބަނގުލަދޭޝް (ޕާސްޕޯޓު ނަންބަރު: BP0762231) އެވެ.

އެހެންކަމުން އޭނާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ފުލުހުންގެ ހުޅުމާލެ އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަންބަރު 9980062 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.

އަދި މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ޝުކުރު ދަންނަވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

މީގެ ކުރިންވެސް ކަރަންޓީނު ފެސިލިޓީތަކުގައި ބަހައްޓާފައި ވަނިކޮށް ބިދޭސީން ފިލި މައްސަލަތަކެއް ވަނީ ފެންމަތިވެފަ އެވެ.