English Edition
Dhivehi Edition
ޔޫތު މިނިސްޓަރ އަޙްމަދު މަހުލޫފް - ފޮޓޯ: ނިޝާން އަލީ (މިހާރު)

މިނިސްޓްރީ އޮފް ޔޫތު، ސްޕޯރޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން މިހާތަނަށް 37 ރަށަކަށް ކުޑަކުދިންގެ ޕާކު ސެޓު ފޮނުވާފައިވާނެ ކަމަށް، ޔޫތު މިނިސްޓަރ އަޙްމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.

މަހުލޫފް މިހެން ވިދާޅުވީ އިއްޔެ ކުރެއްވި ޓްވީޓެއްގަ އެވެ.

އެ ޓްވީޓްގައި މަހުލޫފް އިތުރަށް ވިދާޅުވެފައި ވަނީ އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ހަތަރު މަސް ދުވަހުގެ ތެރޭގައި އިތުރު 68 ރަށަކަށް ކުޑަކުދިންގެ ޕާކު ފޮނުވޭނެ ކަމަށެވެ. އެހެންނަމަވެސް މިހާތަނަށް ޕާކު ސެޓުތައް ފޮނުވާފައި ވަނީ ކޮން ރަށްތަކަށް ކަމެއް މިނިސްޓަރގެ ޓްވީޓްގައި ހާމަކުރައްވާފައެއް ނުވެއެވެ.

މީގެ އިތުރުން މަހުލޫފް ވިދާޅުވީ ޕާކުތައް މަރާމަޓުކޮށް ބެލެހެއްޓުމަކީ ކައުންސިލްތަކުގެ ޒިންމާތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ.

މިހާރުވެސް ޔޫތު މިނިސްޓްރީން ވަނީ 33 ރަށަކަށް ކުޑަކުދިންގެ ޕާރކްސެޓް ހޯދުމަށް އިޢުލާންކޮށްފަ އެވެ.

އައްޑޫ ސިޓީގެ އެކި އަވަށްތަކުގައިވެސް ކުޑަކުދިންގެ ޕާކުތައް ޤާއިމްވެފައިވާއިރު، އެ ތަންތަން އެކަށީގެންވާ ފެންވަރެއްގައި ރަނގަޅަށް ނުބެލެހެއްޓުމުގެ ސަބަބުން ވަރަށް ބޮޑަށް ވަނީ ހަލާކުވެފައެވެ.