އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގައި ކޮވިޑް-19 އަށް 50،000 އަށްވުރެ ގިނަ ސާމްޕަލް ޓެސްޓްކޮށްފައިވާ ކަމަށް އެ ހޮސްޕިޓަލުން ހާމަކޮށްފި އެވެ.
އައިޖީއެމްއެޗުން މިރޭ ކުރި ޓްވީޓެއްގައި ބުނެފައި ވަނީ އެ ހޮސްޕިޓަލްގެ ލެބޯޓްރީން މިއަދާއި ހަމައަށް 50،000 އަށްވުރެ ގިނަ ޕީސީއާރު ޓެސްޓް ހަދާފައިވާ ކަމަށެވެ. ޕީސީއާރު އަކީ ކޮވިޑް-19 އިންފެކްޝަން ކަށަވަރު ކުރުމަށްޓަކައި ހަދާ ޓެސްޓެކެވެ. މި ޓެސްޓް ހަދަނީ ނޭފަތަށް ނުވަތަ ކަރަށް ކަފަބުރެއް ކޮށްޕައިގެން ސާމްޕަލް ނަގައިގެންނެވެ.
އައިޖީއެމްއެޗް އަކީ ރާއްޖޭގައި ކޮވިޑް-19 އަށް ޓެސްޓްކުރަން ފެށި އެންމެ ފުރަތަމަ ހޮސްޕިޓަލްވެސް މެއެވެ. ރާއްޖެއިން ކޮވިޑް-19 ފެނުނުތާ މިއަދަށް 132 ދުވަސް ވާއިރު، މިހާތަނަށް 2,913 މީހަކު ވަނީ މި ބައްޔަށް ޕޮޒިޓިވްވެފަ އެވެ.
IGMH Laboratory has successfully proceeded over 50,000 PCR tests for COVID-19 on 17th July 2020.
This is the confirmatory test done for COVID-19 infection, through a sample taken from the throat and/or nasal swab, which detects virus at an early stage.— IGMH (@igmhmv) July 17, 2020
ރާއްޖެއިން މިހާތަނަށް ކޮވިޑް-19 ޖެހިގެން 15 މީހަކު ވަނީ މަރުވެފައެވެ. އެއީ ނުވަ ދިވެހިންނާއި ހަ ބިދޭސީންނެވެ.