English Edition
Dhivehi Edition

 

ކަރަންޓުގެ ޚަރަދަ ބޮނޑަވުމާއި ކަރަންޓު އަގަ ބޮނޑަވުމުގެ ވާހަކާކީ ހުއްޓުމައްނެތި އެންމެންނަސް އަބަދައް ކެރާ ޝަކުވާއް. ރާއްދޭ ކަރަންޓުގެ އަގަ މެހެއި ބޮނޑައި އެކަމައް ކެރާ ޚަރަދާއި އެއާއުއެޑާ ޑީސެލެ އަގަ ބޮނޑަވީމެއި. މިކަމައު ޙައްލައް ގިނާސް ތިމާވެށިއެއިއަސް ރައްޓެހި ގޮތަކައް އިރުގެ އަލިން ކަރަންޓް އުފައްދާއް ސަރުކާރުން މަސައްކައް ތަކެއް ކެރަމުން އެނީ.

އެކްސެލެރޭޓިން ރިނިއުވަބަލް އެނާޖީ އިންޓެގްރޭޝަން އެންޑް ސަސްޓެއިނެބްލް އެނާޖީ ” އެރައިޒް” ގެ ނަމި ހިނގުވާ މަޝްރޫއެއި ގުޅޭ މަޢުލޫމާތު އައްޑޫ ކަބަރައް ދިނީ އެންވައިރޮމަންޓް މިނިސްޓްރީގެ ޕްރޮޖެކްޓް ކޯޑިނޭޓަރ ނުޒުހަތު އަޙްމަދު

 

މީދެން ވޯލްޑް ބޭންކުން ފޯރުކޮއްދޭ ލޯންގެ ހިލޭ އެހީން ހިނގުވާ މަޝްރޫޢައް. މިމަޝްރޫއުހިނގުވާނެއި އެންވައިރޮންމެންޓް މިނިސްޓްރީން. ދެން ޔުޓިލިޓީ ކުންފުނިތަކާއި ވަރައް ބޮނޑައް ކޮލެބަރޭޓް ވެގެން ހިނގުވާނެއި. މަޝްރޫއުގެ މައިގަނޑަ ބޭނުމަކީ ކަރަންޓް ވިއުގަ ތަކި ހިމެނޭ އިޔާދަ ކުރަނިވި ހަކަތައިގެ ނިސްބައް އިތިރި ކެޑުން

ނުޒުހަތު އަޙްމަދު

ރާއްދޭގެ 48ރަށަކި އިއާދަވެވޭ ހަކަތައިގެ ހައިބްރިޑް ނިޒާމްތައް ގާއިމްކޮއްބޭނުންކެރާއް ފެށުމުގެ ތައްޔާރީތަކެއް ކެރަމުން އޭކޯ މިމަޝްރޫޢުގެ ދަށުން އައްޑޫސިޓީއެ ކެރާއް ނިންމަފެއިވޭ ކަންތައްތައް ނުޒުހަތު ކޭއިދިން.

 

އައްޑޫސިޓީއެ ފެރަތުމަ ކަމަކައް ސޯލާ ޖެހުމުގެ މަސައްކައް ކެރާނެއި. ދެން ގުޅިފެއިވޭ ރައްތަކި މިޖަހަނީ 9 މެގަވޯޓުސް ޕްލޯޓިން ސޯލާ އަދި އެއްގަމި ހިސާބުތަކި 2 މެގަވޯޓްސް ގެ ސޯލާ ޖަހާއް ނިންމަފެއިވެނީ.

 

ނުޒުހަތު ފާފުކަ ކެޑެގޮތުން މިކޯ 8 މެގަވޮޓްގެ ކަރަންޓް ބޭނުން ކެރަމުންއޭ އައްޑޫސިޓީއެ މިމަޝްރޫއުގެ ދަށުން 11 މެގަވޯޓުގެ ކަރަންޓު އުފެއްދޭވަރައް ޕެނަލް ހަރަކެޑެމެއި އައު އަރާގަޑިތަކި މިޅިނަސް ސޯލާއިން އުފައްދާ ކަރަންޓުން ބޭނުންވެވޭހެއް.

 

މެހެއިތާށަސް ތެލަކީ ދުނިޔޭގެ ބާޒާރުން އެއު އަގަކި ލިބޭއު ހިންނެ އެއްތަކައް ނިވެއި. އެހެންފެހެނާސް އެއް ރޭޓަކި މިޚިދުމައް ފޯރުކޮއްދިނުމައް ޓަކައި ސަރުކާރުން ޚަރަދަތަކެއް ކޮއް ސަބްސިޑީ ދެމުން އެތާ. އެވަރުނަސް ބިލާ ކުދައްނިވެއި. ހަމަގާމުނަސް ތެލައް ބަރޯސާ ނިވެ ފަށާއު ހިނގާ މިޕްރޮޖެކްޓާގެ ސަބަބުން ކަރަންޓައު އަފިރިން މިކެރާ ހޭދަ ކުދުވެގެން އޭހެއްކަމާއި މެދަކި ޝައްކައްނެއް.

މިޕްރޮޖެކްޓާއި އެއްކޮއް އަންހެން ކުދިންނަށަސް އުފާވެރި ކަބަރައް ތެބޮއް. މިކޯ އިންޖިނިއަރިން ދާއިރާއިން އަންހެން ކުދިން ފެނޭލެއް މަދަވިޔަސް މިކަމާއި އެއްކޮއް މިދާއިރާއު އަންހެން ކުދިން ތަމްރީން ކެރާއް ރާވަފެއި އޮއު އޮތުމަކީ ހަމަގާމުނަސް މަސައްކަތި މާޙައުލައް އަންހެނުން ބާރަވެރި ކެޑުމައް އެޑިގެން އޭ ހެއު ފާލަކައް ވޭހެއް.

ކަރަންޓާއި ގުޅިގެން އަބަދަށަސް އަފިރިން ކެރާ ޝަކުވާއް ހިށެހިށެފެއި ކަރަންޓް ކެނޑޭ މައްސަލަ. ހަމަ ދޭނަތި ތިބެއި އަސް ކަރަންޓު އެބޭހެއް. އޭގެ ސަބަބުން ގޭ ގިނިވޭނޑޭ ކަރަންޓު ސާމާނު ހަލާކި ވެ އެތައް މައްސަލާއް ދިމާވެއި. ސޯލާ ޕެނަލް ހަރަކެޑުމައްފަހި ކަރަންޓް ކެނޑުމުގެ މައްސަލާއް ހައްލައު އޭހެއްތޯ މީއަސް އުފެދޭ ސުވާލާއް އެހެންނުނީ؟

ސޯލާ ޕެނަލުގެ ވާހަކަ އާހިސާބުން ރަށި އެއްގަމާއި ފަޅުން ބޮނޑަ ބާއް ގެއްލިގެން އެބޭހެއް ކަމުގެ ބިރި އަފިރިންގެ ހިތެ އެތެރެ ކޮންމިއަސް ވަރަކައު އޮއް.މިޕެނަލްތައް ހަރަކެރާއް ނިންމަފެއިވޭ ގޮތުން ހިޔައްނިވެއި އެކަހަލެއި މައްސަލާކަސް ނުކުންނެހެއްތިހެން.

މިކަމާއި ގުޅިގެން މީހުންގެ ސަލާމަތާއި ރައްކޯތެރިކަން ކަށަވަރަކެޑުމައްޓަކައި އެޑާއްތިބި ފިޔަވަޅަތަކަސް ގިނަ.

އިއާދަވެވޭ ހަކަތައިން ކަރަންޓު އުފައްދާއް ކެރާ މަސައްކަތި އެތެރުން އައްޑޫސިޓީގެ ކަރަންޓުގެ ހާލަތާއިމެދެ ޢާއްމުން ދެކޭ ގޮއް ބަލައި މިމަޝްރޫޢުގެ ދަށުން ސޯލާ ޖަހާއް ކަނޑައެޅިފެއިވޭ ތަންތާކީ ރައްޔަތުން ގެ ނަޒަރި އެންމެ އެކަށީގެންވޭ ތަންތަންތޯ ބެލުމުގެ ސާވޭއައް މިކޯ އެނީ ކެރަމުން.

މެހެއިތާން ކަންތައް ވެފެއި އަދި ވެމުން އޭ ގޮތައް ބަލާކަލަކި ޢަމަލީ މަސައްކަތާއި ހަމާއް ނިގޮސް ކެރާއް ނިންމާ ކަންކަން ފަންފުލުން އެބޭތަން ފެނެނީ ގިނަފަހަރައް. ޚާއްސަކޮއް އައްޑޫސިޓީއައް އެއްވިއަސް ކަމައް އެއްވިއަސް ސަރުކާރަކުން ކޮއްނިދެއިއައު ބެނާ އަޑަ ގަދަ ދުވަސްވަރައްމީ.

ސޯލާއިން ކަރަންޓު އުފައްދާ ވާހަކަސް އިވެނެހެއިލަހައް މީހުންގެ ދުލެ ކުރިއައު އައި ތޭ ހުވަފެނަކާއު.،ޖޯކަކައު،އައްޑޫމީހުންނައް ކެރާ މަލާމާތަކާއު. މި ޕްރޮޖެކްޓުގެ ކޯޑިނޭޓަރ ނުޒުހަތު މިކަމައް ބެނާ އެއްތަކަސް ނަލަލަމާ

މިޕްރޮޖެކްޓާގެ ފައިނެންސިންގ މިކޯ މީނީ ދެން ޔަގީން ވެފެއި. މީހަމަ ވަރައް ޕްރޮމިސިންކަމަކައް މިބަލަނީ. ދެން ސޯލާ ޖަހާއް މިއޮތީ މިކަލަސް އިއުލާން ކޮއްފެއި . މިއޭމަހި ފެރަތުމަ ހަފްތާއި އެ އެޕްލިކޭޝަންތަކި މުއްދަތު ހަމަވޭއް މިއޮތީ. މެހެއިވަރާއް މިއާ އެޑްވާންސް ވެފެއިއޮއްމެއި ސޯލާ އޭހެއްކަމުގެ ވަރައްބޮނޑަ ގެރެންޓީއައް ތެބޮއް

ނޯޓް: ތިރުން އެފެނެނީ މި ރިޕޯރޓާގެ ވީޑިއޯ