ރާއްޖޭގެ 24 ރަށެއްގައި ބެޓަރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް ޤާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
ތިމާވެއްޓާ ބެހޭ ވުޒާރާއިން، ވާރލްޑް ބޭންކްގެ އެހީގައި ހިންގާ އެކްސެލެރޭޓިންގ ރިނިއުވަބަލް އެނާރޖީ އިންޓަގްރޭޝަން އެންޑް ސަސްޓައިނަބަލް އެނަރޖީ (އެރައިސް) ޕްރޮޖެކްޓުގެ ދަށުން 40 މެގަވޮޓް އަވަރގެ ބެޓަރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމްތައް ރާއްޖޭގެ 24 ރަށެއްގައި ޤާއިމުކުރުމަށް ވަނީ ނިންމާފައެވެ.
ބުރާސްފަތި ދުވަހު ހެނދުނު އިސްލާމީ މަރުކަރުގެ ޖަލްސާ ކުރާ މާލަމުގައި އެމަކަށްޓަކައި ބޭއްވި ޖަލްސާގައި މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެންވަޔަރަންމަންޓް މިނިސްޓަރ އައިމިނަތު ޝައުނާއެވެ. އަދި ކޮންޓްރެކްޓަރުގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ސީނިއަރ ޕްރޮޖެކްޓް މެނޭޖަރ ވަންގް ޕެއިޓާއޮއެވެ.
މި މަޝްރޫޢުގެ ދަށުން މަސައްކަތް ހަވާލުކޮށްފައިވަނީ ޗައިނާ ނެޝަނަލް ޓެކްނިކަލް އިމްޕޯޓް އެންޑް އެކްސްޕޯޓް ކޯޕަރޭޝަން އާއި ގުއަޑިއަން ނަންޖިންގް އޮޓޯމޭޝަން ކޯ ލިމިޓެޑް އަދި ސީނޯ ސޯލަރ ހައިބްރިޑް (ބެއިޖިންގް) ޓެކްނޯލޮޖީ ކޯ ލިމިޓޭޑް ހިމެނޭ ގޮތަށް އުފައްދާފައިވާ ޖޮއިންވެންޗަރ ކުންފުންޏާއެވެ.
ބެޓަރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް ޤާއިމުކުރާ 24 ރަށަކީ އައްޑޫ ސިޓީ (ހިތަދޫ، ފޭދޫ، މަރަދޫ ފޭދޫ، މަރަދޫ، ހުޅުދޫ އަދި މީދޫ)، ފުވައްމުލައް ސިޓީ، ކުޅުދުއްފުށީ ސިޓީ، ގދ. ތިނަދޫ، ބ. އޭދަފުށީ، ޅ. ހިންނަވަރު، ޅ. ނައިފަރު، ގއ. ވިލިނގިލި، ށ. ފުނަދޫގެ އިތުރުން ލ. އަތޮޅުގެ ރަށްތައް ކަމަށްވާ ، ފޮނަދޫ، ގަން، ދަނބިދޫ، އިސްދޫ، ކަލައިދޫ، މާބައިދޫ، މާމެންދޫ، ކުނަހަންދޫ، ހިތަދޫ، އަދި މާވަށެވެ.
The contract signing ceremony was held today for the installation of 40 MWh capacity Battery Energy Storage Systems (BESS) across 24 islands in the Maldives. pic.twitter.com/HMRCXXBUAt
— Min. of Environment, Climate Change and Technology (@MoEnvmv) August 17, 2023
ބެޓަރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމްގެ ސަބަބުން ކަރަންޓުގެ ޚަރަދުކުޑަވެގެންދާނެއެވެ. މި ސްޓޯރޭޖް ސިސްޓަމް ޤާއިމުކުރުމުގެ ސަބަބުން ސޯލާ ހަކަތައިން އުފައްދާ ކަރަންޓުން އެވަގުތެއްގައި ބޭނުންކޮށް އިތުރުވާ ކަރަންޓު މި ނިޒާމުގައި ރައްކާކުރެވިގެންދާނެއެވެ. އަދި ވިއުގައަށް ފޯރުކުރާ އިޢާދަކުރަނިވި ހަކަތަ، އެރަށެއްގެ ޑިމާންޑް ގެ ނިސްބަތް ޖުމްލަ %30 އަށްވުރެން މައްޗަށްދާ ހާލަތްތަކުގައި ގްރިޑް ސްޓެބިލިޓީ މައްސަލަތައް ކޮންޓްރޯލްކޮށް އާންމު ކޮށްވެސް ކަރަންޓް ކެނޑުމަށް ދިމާވާ ގިނަ ހާލަތްތަކަށް ލުޔެއް ލިބިގެންދާނެއެވެ.
މި ސިސްޓަމް ޤާއިމުކޮށް ނިމުމުން އިތުރުން ޖުމްލަ 36 މެގަވޮޓްގެ ސޯލާ ހަކަތައިގެ ނިޒާމްތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކުރުމަށްވެސް މިނިސްޓްރީން ވަނީ ނިންމާފައެވެ. އަދި ސޯލާ އާއި ބެޓަރީ ނިޒާމު ބަހައްޓާ ރަށްތަކުގެ ކަރަންޓު ވިއުގަ އަޕްގްރޭޑްކުރުމަށްވެސް މަޝްރޫޢުގެ ތެރެއިން ރާވާފައިވެއެވެ.
ސަރުކާރުން ބޭރުގެ އެހީއާއެކު ހިންގާ މިފަދަ މަޝްރޫޢުތަކުގެ ބޭނުމަކީ ސަރުކާރުން ތެލަށްކުރާ ހޭދަ ކުޑަކޮށް ތިމާވެއްޓާއި ރައްޓެހިގޮތަކަށް ކަރަންޓް އުފައްދުމެވެ. ސަރުކާރުގެ ސްޓެރެޓެޖިކް އެކްޝަން ޕްލޭންގައި ވެސް ހަކަތައިގެ ދާއިރާއަށް ޚާއްސަ ލަނޑުދަނޑިތަކެއް ކަނޑައަޅާފައިވެއެވެ. އެގޮތުން ރާއްޖޭގެ ހަކަތައިގެ ދާއިރާއިން ކަނޑައަޅާފައިވާ އެންމެ ބޮޑު އަމާޒަކީ 2030 ވަނަ އަހަރުގެ ނިޔަލަށް ރާއްޖެއަކީ ނެޓްޒީރޯ އެމިޝަން ގައުމަކަށް ހެދުމެވެ