English Edition
Dhivehi Edition

ޢުމުރުން 15 އަހަރުން މަތީގެ ކޮންމެ މީހަކަށް ބައިވެރިވެވޭގޮތަށް ބިޒިނެސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑުން އޮންލައިން ކޯސްތަކެއް ހުޅުވާލައިފިއެވެ.

މިއީ ދިވެހިރާއްޖޭގައި ޑައިވާސިފައިޑް ސްކިލް ސެޓެއް ގާއިމު ކުރުމާއި ތަފާތު ހުނަރުތަކަށް ޒުވާނުން ޝައުގުވެރިކުރުވުމަށާއި އަދި ކޯވިޑް-19 އަށްފަހު ވަޒީފާގެ ބާޒާރަށް ޒުވާނުން ނުކުންނައިރު އެކަމަށް އެހީތެރިވެދިނުމުގެ ގޮތުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން އިސްނަންގަވައިގެން އެމިނިސްޓްރީއާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، (ބީ.ސީ.ސީ)އާއި ގުޅިގެން ކުރެވުނު މަސައްކަތްތަކެއްގެ ނަތީޖާއެއްގެ ގޮތުން އެމެރިކާގެ އޮންލައިން ލާނިންގ ޕްލެޓްފޯމެއް ކަމުގައިވާ “ކޮސެރާ” ގެ ވާކްފޯސް ރިކަވަރީ އިނީޝިއޭޓިވްގެ ދަށުން ބީސީސީއަށް ލިބުނު ކޯސްތަކެއްކަމަށް އެކޯޕަރޭޝަނުން އިޢުލާން ކޮށްފައިވެއެވެ.

މި ފުރުސަތުގެ ދަށުން 5000 މީހުންނަށް ބައިވެރިވެވޭ ތަފާތު އެކިއެކި ފަންނީ އަދި އެނޫން ދާއިރާތަކުގެ ކުރުމުއްދަތުގެ ކޯސްތަކެއް ވަނީ ހުޅުވާލާފައެވެ. ކޯސްތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކަށް ދުނިޔޭގެ ކުރިއަރާފައިވާ ޔުނިވާސިޓީތަކާއި އެފަދަ އެހެނިހެން އިންސްޓިޓިއުޝަންތަކުން 6 މަސްދުވަހުގެ މުއްދަތަކަށް ހިލޭ ކިޔެވޭނެ ފުރުސަތު ލިބިގެންދާނެއެވެ. ކޯސްފުރިހަމަ ކުރާ ފަރާތްތަކަށް އެކޯހެއް ފުރިހަމަ ކުރި ކަމުގެ ސެޓްފިކެޓް ލިބޭ މި ސްކީމްގައި ބައިވެރިވާން އެދޭ ފަރާތްތަކުން ޖޫން 28ން ފެށިގެން 31 ޑިސެންބަރު 2020 ގެ ނިޔަލަށް ތަފާތު އެކި އެކި ދާއިރާތަކުގެ ކުރު ކޯސްތަކުގައި އެންރޯލްވެ، ކިޔެވުމަށް ފުރުސަތު ލިބިގެންދާނެއެވެ.

ބީސީސީގެ އިޢުލާން ގައިވާ ގޮތުން މިކޯސްތަކުގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީޚަކީ 30 ސެޕްޓެންބަރ 2020 އެވެ. ބީސީސީން ހުޅުވާލިމި ކޯސްތަކަކީ އާންމުގޮތެއްގައި މަހު ފީއެއް ދައްކާގޮތަށް އޮންނަ ކޯސް ތަކަކަށް ވިޔަސް މި ސްކީމްގެ ދަށުން ލައިސަންސް ލިބޭ ކޮންމެ މީހަކަށްވެސް މިއަހަރުގެ ނިޔަލަށް މުޅިން ހިލޭ ކިޔެވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ބީސީސީން ވިދާޅުވެއެވެ. މީގެ ތެރެއިން ގިނަ ކޯސްތަކަކީ 3 ނުވަތަ 4 މަސްދުވަހުގެ މުއްދަތަކަށް ހިންގާ ‘އޮން ޑިމާންޑް’ ކްލާސްތަކަކަށް ވެފައި މި ސްކީމްގެ ދަށުން ފުރުސަތުލިބޭ 6 މަސް ދުވަހުގެ ތެރޭގައި 1 ކޯހަށް ވުރެ ގިނަ ކޯސް ފުރިހަމަ ކުރުމުގެ ފުރުސަތު ބައިވެރިންނަށް ލިބޭނެއެވެ.

 

އިސްކަން ދެވޭ ދާއިރާތައް:

1-ޑޭޓާ ސައިންސް، އެޕް/ސޮފްޓްވެއަރ ޑިވެލޮޕްމެންޓް، ޕްރޮގްރާމިންގ (1- އާޓިފިޝަލް އިންޓެލިޖެންސް، ޕައިތަން، ބިގްޑޭޓާ، ސައިބަރ ސެކިއުރިޓީ، ކްލައުޑް ކޮމްޕިއުޓިންގ

 

-2އިންޖިނިއަރިންގ

އިލެކްޓްރިކަލް، މެކޭނިކަލް، އިލެކްޓްރޯޑައިނަމިކްސް، ނޭނޯ ޓެކްނޮލޮޖީ، ޖީ.އައި.އެސް މެޕިންގ، މެޓީރިއަލް ބިހޭވިއަރ، އޯޑިއޯ/މިއުޒިކް އިންޖިނިއަރިންގ

 

-3ފައިނޭންސް

ވެލުއޭޝަން، ޑޭޓާ އެނެލެޓިކްސް، ޕޯޓްފޯލިއޯ އެންޑް ރިސްކް މެނޭޖްމަންޓް، އެސެޓް މެނޭޖްމެންޓް، ކެޕިޓަލް/މަނީ މާކެޓް، ފިންޓެކް ލޯ/ސެކިއުރިޓީ/ރެގިއުލޭޝަން/ޑިސްރަޕްޓިޕް އިނޮވޭޝަން، އޯޑިޓިންގ، އިންޓަނޭޝަނަލް ޓެކްސް

 

-4ސޯޝަލް ސައިންސް , އެޑިއުކޭޝަން، ގަވަނެންސް، ލޯ، އިކޮނޮމިކްސް

 

-5ހެލްތް އެންޑް ޕާސަނަލް ޑިވެލޮޕްމަންޓް (- ޕަބްލިކް ހެލްތް، ނިއުޓްރިޝަން، ސައިކޮލޮޖީ، ޕޭޝަންޓް ކެއަރ، ފިޓްނެސް

 

6- ފޮޓޯގްރަޕީ، ވީޑިއޯގްރަފީ، ގްރެފިކްސް ޑިޒައިނިންގ، އެނިމޭޝަން އަދި މިނޫންވެސް އެހެނިހެން ގިނަ ކޯސްތައް

 

ރަޖިސްޓްރޭޝަންއަދި ޝަރުތު:

މިކޯސްތަކުގައި ބައިވެރިވެވޭނީ މިލިންކުގައިވާ ގޫގުލް ފޯމް ފުރުމުންނެވެ.

ފޯމް ފުރުމަށްފަހު 24 ގަޑި އިރުތެރޭގައި އިންވިޓޭޝަން ލިންކެއް ލިބިވަޑައިގަންނަވާނެ އެވެ. އަދި އެ ލިންކް މެދުވެރިކޮށް ޕްލެޓްފޯމުގައި ބައިވެރިވެ ބޭނުންވާ ކޯސްތަކަކަށް އެންރޯލް ކުރެއްވޭނެއެވެ.

ބީސީސީން ވިދާޅުވަނީ މި ސްކީމްގައި ބައިވެރިން ހޮވުމުގައި އަމަލު ކުރެވޭނީ ‘ފަސްޓް ކަމް ފަސްޓް ސާރވްޑް ބޭސިސް’ އަށްކަމަށެވެ. ކުރިމަތިލުމުގެ ހަމަ އެކަނި ޝަރުތަކީ 15 އަހަރު ފުރިފައިވާ ދިވެހި ރައްޔިތަކަށް ވުމެވެ.

 

 

މި ސްކީމްއާއި ބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް އެ ކޯޕަރޭޝަންގެ އީމެއިލް އަދި

ހޮޓްލައިން 7913535 އަށް ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

https://gazette.gov.mv/iulaan/view/130881