މިދިޔަ ސީޒަންގެ ޔުރޮޕާލީގުގައި ކަކުލައަށް ލިބުނު އަނިޔާ އަކާއި ގުޅިގެން މެންޗެސްޓަ ޔުނައިޓެޑުން ކޮންޓްރެކްޓް އުވާލާފައިވާ ސްވިޑަންގެ ޒަލަޓަން އިބްރަހިމޮވިޗް އަނެއް ކާވެސް ޔުނައިޓެޑަށް ސޮއިކޮށްފިއެވެ.
އިބްރަހިމޮވިޗް އަލުން މެންޗެސްޓާ ޔުނައިޓެޑުގެ ކުޅުންތެރިއެއްގެ ގޮތުގައި އަލުން ކުލަބްގެ ކުޅުންތެރިއެއްގެ ގޮތުގައި ކޮންޓްރެކްޓުގައި ސޮއި ކުރި ކަމުގައި ވީނަމަވެސް އަދިވެސް ޔޫރޮޕާ ލީގް ކުއާޓާގައި ލިބުނު އަނިޔާއިން މުޅިން ސަލާމަތްވެ އެނބުރި ކުޅުމަށް އާދެވޭނެ ކަމަށް ބެލެވެނީ އަންނަ އަހަރު ކުރީ ކޮޅެވެ.އެހެން ނަމަވެސް ޒަލަޓަންގެ މެޑިކަލް ޓީމްއިން ބުނާ ގޮތުގައި ޒަލަޓަން ދަނީ ހީވެސް ނުކުރާ ހާ އަވަހަށް ރަނގަޅު ވަމުންނެވެ.
މިދިޔަ ސީޒަނުގައި 9 ނަމްބަރު ޖާޒީގައި ޔުނައިޓެޑުން ފެނުނު ޒަލަޓަންއަށް އާ ކޮންޓްރެކްޓާ އެކު ހަމަޖައްސާފައިވަނީ މި ސީޒަންގައި ޔުނައިޓެޑް ދޫކޮށް އެވެޓަންއަށް ބަދަލުވެފައިވާ ޔުނައިޓެޑްގެ އެންމެ ކާމިޔާބު އެއް ކުޅުންތެރިޔާ ވޭން ރޫނީ ބޭނުން ކުރަމުން އައި 10 ނަމްބަރު ޖާޒީ އެވެ.
މިދިޔަ ސީޒަނުގައި ޒްލަޓަން އިބްރަހިމޮވިޗް ވަނީ ޔުނައިޓެޑަށް ކުޅެދިން 46 މެޗުގައި 28 ލަނޑު ޖަހައި ޔުނައިޓެޑްއަށް ޔުރޮޕާ ލީގު ހޯދުމުގައި މުހިންމު ދައުރެއް އަދާ ކޮށްފައެވެ.
ޒަލަޓަން ޔުނައިޓެޑް އާއި އެކު މޮޅު ކުޅުމެއް ކުޅެފައިވާއިރު ޒަލަޓަން ވަނީ ޔުރޮޕާ ކަޕްގެ ގަދަ 3 ކުޅުންތެރިންގެ ތެރޭގައި ހިމެނިފައެވެ.