English Edition
Dhivehi Edition

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގުރުއަތުލުން މިރޭ ބޭއްވި އިރު އެންމެ ފަހުގެ ޗެމްޕިއަން ރިއަލްމެޑްރިޑް އާއި ޖާމަން ލީގުގެ ބޮރޯޝިޔާ ޑޯޓްމަންޑް އަދި އިނގިރޭސި ވިލާތުގެ ޓޮޓެންޙަމް އެއް ގުރޫޕްއެއްގައި ލައްވާލައިފިއެވެ.

މިރޭ ބޭއްވި ގުރުއަތުލުމުގައި ގުރޫޕް އެޗް އެންމެ ވަރުގަދަކޮށް ދައްކާ އިރު ދެން އެންމެ ފޯރިގަދަ ވާނެ ގުރޫޕް އެއްގެ ގޮތުގައި އޮތީ އެންމެ ފަހުގެ ރަނައަޕް އިޓަލީގެ ޖުވެންޓަސް އާއި ސްޕެއިންގެ ބާސެލޯނާ އޮތް ގުރޫޕް ޑީ އާއި އެންމެ ފަހުގެ ޕްރިމިއަ ލީގުގެ ޗެމްޕިއަން ޗެލްސީ އާއި އިޓަލީގެ ރޯމާ އަދި ސްޕެއިންގެ އެތްލެޓިކޯ މެޑްރިޑް ލައްވާލި ގުރޫޕް ސީއެވެ.

2017 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ގުރުއަތުގެ ނަތީޖާ

ގުރޫޕް އޭ:ބެންޕީކާ،މެންޗެސްޓަރ ޔުނައިޓެޑް،ބާސެލް،ސީއެސްކޭ މޮސްކޯ

ގުރޫޕް ބީ:ބެޔާން މިއުނިޗް،ޕީއެސްޖީ،ސެލްޓިކް،

ގުރޫޕް ސީ:ޗެލްސީ،އެތްލެޓިކޯ،ރޯމާ،އޯރަބާގް

ގުރޫޕް ޑީ:ޖުވެންޓަސް،ބާސެލޯނާ،އޮލިންޕިއާކޯސް،ސްޕޯޓިން

ގުރޫޕް އީ:މޮސްކޯވް،ސެވިއްޔާ،ލިވަޕޫލް،މާރިބޯ

ގުރޫޕް އެފް:ޝަކްތާރް،މެންޗެސްޓަރ ސިޓީ،ނަޕޯލީ،ފެނެނޫޑް

ގުރޫޕް ޖީ:މޮނާކޯ،ޕޯޓޯ،ބެސްސިކާޓަސް،ލެޕިޒިގް

ގުރޫޕް އެޗް:ރިއަލް މެޑްރިޑް،ޑޯޓްމަންޑް،ޓޮޓެންހަމް،އެޕޮއެލް