English Edition
Dhivehi Edition

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދު ކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސް ފަތުރުވެރިކަން އަލުން ފަށާނެ ތާރީޚެއް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު މިއަދު އިއުލާން ކުރައްވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރައްޔިތުންގެ މަޖިލީހުގެ ކަމާ ގުޅޭ ކޮމިޓީގައި ދެންމެ ވިދާޅުވެއްޖެ އެވެ.

ސަރުކާރުން ކުރިން ނިންމާފައިވާ ގޮތުން، މިދިޔަ މާޗް 27 ގައި މެދުކަނޑާލާފައިވާ ރާއްޖޭގެ ޓޫރިޒަމް އަލުން ފަށާނީ އަންނަ މަހެވެ. އެކަމަކު، މިހާތަނަށް ވެސް ވަކި ތާރީޚެއް ކަނޑައެެއް ނާޅަ އެވެ. ރާއްޖޭގެ ބޯޑަރު ބަންދު ކުރި އިރު، ކޮވިޑް-19 ފެތުރޭތީ ގިނަ ގައުމުތަކުގެ ބޯޑަރު ވަނީ ބަންދު ކޮށްފައެވެ. އަދި ގިނަ އެއާލައިންތަކުގެ ދަތުރުތައް އޮތީ ހުއްޓާލާފައެވެ. އެހެންކަމުން ރާއްޖޭގެ ބޯޑަރު ބަންދު ކުރިއިރު ވެސް ރާއްޖެއަށް ފަތުރުވެރިން އައުން ގާތްގަނޑަކަށް އޮތީ އެއްކޮށް ހުއްޓިފައެވެ.

ދާދި ފަހުން މިނިސްޓަރ އަލީ ވަހީދު ވިދާޅުވެފައިވަނީ ފަތުރުވެރިކަން އަލުން ފެށުމަށް ވާންޖެހޭ ހުރިހާ ތައްޔާރީއެއް ނިމިފައިވާކަމަށެވެ.