English Edition
Dhivehi Edition
ޖުޑީޝަލް ސަރވިސް ކޮމިޝަން އަދި ޑީޖޭއޭ - ފޮޓޯ: ރާއްޖެ އެމްވީ

ޝަރުޢީ އިދާރާތަކާއި ކޯޓުތަކަށް ދައްކަންޖެހޭ ފައިސާ ބަނޑޭރި ޕޭ އޮންލައިން ޕޭމަންޓް ޕޯޓަލް މެދުވެރިކޮށް ދެއްކޭނެ އިންތިޒާމް ހަމަަޖައްސައިފި އެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން މިއަދު ކުރި އިޢުލާނެއްގައި ބުނެފައި ވަނީ ދައުލަތުގެ މުއައްސަސާތަކަށް ދައްކަން ޖެހޭ ފައިސާ، ފަސޭހަކަމާއެކު ދެއްކުމަށް ބަނޑޭރި ޕޭގެ ނަމުގައި އޮންލައިން ޕޭމަންޓް ޕޯޓަލްއެއް ފިނޭންސް މިނިސްޓްރީން މިހާރު ޤާއިމްކޮށްފައިވާ ކަމަށެވެ. އަދި އެ ޕޯޓަލް މެދުވެރިކޮށް ޝަރުޢީ ދާއިރާއަށްވެސް ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށެވެ.

އެހެންކަމުން ޝަރުޢީ ދާއިރާގެ ކޯޓުތަކަށާއި އިދާރާތަކަށް ދައްކަން ޖެހޭ ފައިސާ ބަނޑޭރި ޕޭ ލިންކް މެދުވެރިކޮށް ދެއްކުމަށް ޑީޖޭއޭ އިން ވަނީ އެދިފައެވެ.

މީގެ އިތުރުން މިގޮތަށް ބަނޑޭރި ޕޭ މެދުވެރިކޮސް ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖެހުމާއެކު، ކޮވިޑް-19 އާ ގުޅިގެން މާރިޗު 18 ވަނަ ދުވަހު އެ ޑިޕާޓްމަންޓުން ނެރެފައިވާ އިއުލާނުގައިވާ ބޭންކް އެކައުންޓަށް ފައިސާ ބަލައި ގަންނާނީ ޖޫން 30ގެ ނިޔަލަށް ކަމަށްވެސް ޑީޖޭއޭ އިން ބުނެފައި ވެއެވެ.

ބަނޑޭރި ޕޭ ލިންކް މެދުވެރިކޮށް، ފައިސާ ދައްކަން ބޭނުންވާ އިދާރާއެއް ޚިޔާރުކޮށް، ފަސޭހަކަމާއެކު ފައިސާ ދެއްކޭނެއެވެ.