ކ. މާފުށީ ޖަލުން ތިން އިންޗީގެ ކުޑަ މޯބައިލް ފޯނެއް މިއަދު އަތުލައިގެންފި އެވެ.
ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ޖަލުތަކަށް ވެއްދުން މަނާތަކެތި އެތެރެކުރުން ކޮންޓްރޯލްކުރުމަށްޓަކައި ޒަމާނީ ވަސީލަތްތަކާއި އުކުޅުތައް ބޭނުންކުރަމުންދާއިރު، ކުރިއަރަމުންދާ ޓެކްނޮލޮޖީގެ ސަބަބުން މޯބައިލް ފޯންތައް ކުރިއަށްވުރެ ސައިޒުން ކުޑަވެފައި ‘ސްމާޓް’ވެފައިވާ ކަމަށެވެ.
As we continue to utilize our resources & advance our approaches to control smuggling contrabands into prisons, evolving technology have made mobile phones progressively smaller & smarter.
Today, officers at #MaafushiPrison confiscated 3inch small mobile. pic.twitter.com/3VnYIhwept
— Ahmed Mohamed (@ahumadhumohamed) June 17, 2020
އެގޮތުން މިއަދު މާފުށި ޖަލުން ތިން އިންޗީގެ ކުޑަ މޯބައިލް ފޯނެއް އަތުލައިގެންފައިވާ ކަމަށްވެސް އަޙްމަދު މުޙައްމަދުފުޅު ވިދާޅުވި އެވެ.
އެ ޓްވީޓާއެކު އަޙްމަދު މުޙައްމަދުފުޅު ވަނީ މިއަދު އަތުލައިގަތް ފޯނުގެ ފޮޓޯއެއްވެސް އެޓޭޗްކުރައްވައިފަ އެވެ. އެ ފޯނު އޮތީ ބޭސްއުރައެއްގެ ފޮށްޓަކަށް އަޅައި ފޮރުވައިފަ އެވެ. އަދި އެއީ އެލް8ސްޓާ ބްރޭންޑްގެ ކުޑަ ފޯނެކެވެ. މި ފޯނަކީ ބްލޫޓޫތު ފަންކްޝަންވެސް ހިމެނޭ، އާދައިގެ ފޯނެއް ގޮތަށް ބޭނުންކުރެވޭ ކުޑަ ފޯނެކެވެ.
ޖަލުތަކަށް ފޯނާއި މަސްތުވާތަކެތި ވެއްދުމަކީ ވަރަށް އާންމު ކަމެކެވެ. އަދި ބައެއް ފަހަރު މިފަދަ ތަކެތި އަތުލައިގަނެވޭއިރު، ޖަލުތަކަށް ފޯނާއި އެހެނިހެން ތަކެތި ވެއްދުން އަދިވެސް މުޅިން ކޮންޓްރޯލެއް ނުކުރެވެއެވެ.