އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އާއި ހޮސްޕިޓަލުގެ ދަށުން ހިނގަމުންދާ ޞިއްހީ މަރުކަޒުތަކަށް ގިނަ އަދަދެއްގެ ނަރުހުން ހޯދަން އިއުލާން ކޮށްފި އެވެ.
މިއަދު އޭއީއެޗް އިން ކުރި އިއުލާނެއްގައި ބުނީ އެ ހޮސްޕިޓަލާއި ހޮސްޕިޓަލުގެ ދަށުން ހިންގާ ސިއްހީ މަރުކަޒުތަކަށް ކްލިނިކަލް ނަރުހުންނާއި ރެޖިސްޓާޑް ނަރުހުންނާއި ސީނިއާ ރެޖިސްޓާޑް ނަރުހުންގެ ގޮތުގައި ދާއިމީ 18 ނަރުހުން ބޭނުންވާ ކަމަށެވެ.
ކްލިނިކަލް ނަރުހުންގެ އަސާސީ މުސާރައިގެ ގޮތުގައި 10،940 ރުފިޔާ ކަޑައަޅާފައިވާއިރު ސީނިއާ ރެޖިސްޓާޑް ނަރުހުންގެ މުސާރަ އަކީ 10،160 ރުފިޔާ އެވެ. ރެޖިސްޓާޑް ނަރުހުންގެ މުސާރަައަށް 9،360 ރުފިޔާ ކަޑައަޅާފައިވާއިރު، ތައުލީމީ ފެންވަރަށް ބެލުމަށް ފަހު މި މުސާރައަށް ބަދަލު އަންނާނެ ކަމަށް ވެސް އިއުލާނުގައި ބުނެފައިވެ އެވެ.
މި މާގަމަށް ޝައުގުވެރިވާ ފަރާތްތަކުން 21 ޖޫން 2020 ވަނަ ދުވަހުގެ 13:30 ގެ ކުރިން، ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ހުށެހުޅުމަށް މި އިއުލާން ގައިވަނީ ބުނެފައެވެ. މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އައްޑޫ އެކްއެޓޯރިއަލް ހޮސްޕިޓަލުގެ އޮފީހުން ލިބެންހުންނާނެއެވެ.
މީގެ އިތުރުންވެސް އެ ހޮސްޕިޓަލްގެ އެކިއެކި މަގާމުތަކަށް ގިނަ އަދަދެއްގެ މީހުން ބޭނުންވެގެން ވަނީ އިއުލާންކޮށްފައެވެ. މީގެ ތެރޭގައި 04 ރޭޑިއޯގްރާފަރު، 03 ފިޒިއޮތެރަޕިސްޓް، 16 ސީނިއަރ މެޑިކަލް އޮފިސަރުން، 10 ލެބޯރެޓަރީ ޓެކްނޮލޮޖިސްޓް، 03 ސީނިއަރ ޑެންޓަލް އޮފިސަރުންގެ އިތުރުން ގިނަ އަދަދެއްގެ ސްޕެޝަލިސްޓުން ހޯދުމަށް ވަނީ އިއުލާންކޮށްފައެވެ.
މި ވަޒީފާއާއިި ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކުން 6885045 މިނަންބަރަށް ރަސްމީގަޑީގައި ގުޅުމަށް އެ ހޮސްޕިޓަލުންވަނީ އެދިފައެވެ.