ކޮވިޑް-19 އާއި ގުޅިގެން އިޢުލާންކޮށްފައިވާ ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތުގެ ދަށުން ރާއްޖޭގެ ބައެއް ސަރަޙައްދުތައް ފުރަބަންދުކޮށްފައިވުމާއި ގުޅިގެން މުނިފޫހިފިލުވާލުމަށް އެންމެ ގިނައިން ކޮށް އުޅޭ ކަމަކީ އޮންލައިންކޮށް ފިލްމްތަކާއި ސީރީސްތައް ސްޓްރީމްކުރުމެވެ. މިފަދަ ކަންކަމަށް ޚާއްސަކޮށްގެން ރާއްޖޭގެ އެންމެ ޒަމާންވީ މުއާސަލާތީ ޚިދުމަތްދޭ ކުންފުނި ކަމަށްވާ ދިރާގުން ވަނީ “ދިރާގު ޕްލޭ”ގެ ނަމުގައި މުޅިން އާ މުނިފޫހިފިލުވުމުގެ ސްޓްރީމިންގ މޮބައިލް އެޕްލިކޭޝަނެއް ތަޢާރަފުކޮށްފަ އެވެ.
ދިރާގުން ބުނީ މި އެޕްލިކޭޝަނަކީ ހަމައެކަނި ލައިވް ޓީވީ ބަލާލެވޭ އެޕްލިކޭޝަނެއް ނޫން ކަމަށާއި، މި އެޕުން ޕްރޮގުރާމްތައް ކުރީބައިގައި ރިކޯޑް ވެސް ކޮށްލެވޭނެ ކަމަށެވެ އަދި ހަދާންނެތިގެން ބޭނުންވާ ޕްރޮގުރާމެއް އެއް ބަލާނުލެވިއްޖެ ހާލަތެއްގައި އަލުން އެ ޕްރޮގުރާމެއް ބަލާލެވޭނެއެވެ. ހަމައެއާއެކު ބަލަމުން ގެންދާ ޕްރޮގުރާމެއް ބަލަމުން ދާ އިރު އަލުން އެ ޕްރޮގުރާމެއް ފަށައިގެން ބަލާލެވޭނެއެވެ.
ދިރާގު ޕްލޭގައި ހިމެނޭ ތަފާތު ފީޗަރތައް:
މިހާރު ޓީވީ ތަކުން ފޮނުވާ ޕްރޮގުރާމެއް ނޫނީ ޝޯވ އެއް ދައްކާވަގުތު ބިޒީ ވެގެން އެ ޕްރޮގުރާމެއް ނުބެލި ހުންނާކަށް ނުޖެހޭނެއެވެ. ދިރާގު ޕްލޭގެ ރިކޯޑިންގ ފީޗަރ އިން ކުރީބައިގައި ޕްރޮގުރާމްތައް ރިކޯޑް ކުރުމަށް ޝެޑިއުލް ކުރެވޭނެއެވެ. އަދި ހަމައެހެންމެ ޕްރޮގުރާމެއް ދައްކަމުންދާ ވަގުތުވެސް ރިކޯޑް ކުރަން ޖައްސާލެވޭނެއެވެ.
ވަރަށް ގިނަ ފަހަރު ޓީވީ ހުޅެވެނީ މުހިންމު ޕްރެސް ކޮންފަރެންސެއް ނުވަތަ ހަބަރު ގަޑިއެއްގެ މެދުތެރެއިންނެވެ. ދިރާގު ޕްލޭ ގެ “ރީސްޓަރޓް” ފީޗަރ އަކީ މިކަމަށް އޮތް ވަރަށް ބޮޑު ލުއިފަސޭހައެކެވެ. މި ފީޗަރ މެދުވެރިކޮށް މިހާރު ބަލަމުން ގެންދާ ޕްރޮގުރާމެއް އަންނަމުން ދާއިރު އަލުން އެ ޕްރޮގުރާމެއް އަލުން ފަށައިގެން ބަލާލެވޭނެއެވެ.
ގޭގަ ޓީވީއިން ޓީވީ ބަލާއިރު އެންމެ ގިނައިން ޖެހޭ އެއް މައްސަލައަކީ ގޭގެ އެންމެން އެއްފަރާ އެއް ޕްރޮގުރާމެއް ނުވަތަ ޝޯވ އެއް ޓީވީއިން ބެލުމަށް އެއްގަލަކަށް ނާރާ މައްސަލައެވެ. މީގެ ހައްލަކީ ދިރާގު ޕްލޭ އެޕެވެ. މި އެޕް މެދުވެރިކޮށް ލައިވް ޓީވީ އަދި ދިރާގު ޓީވީގެ ވީއޯޑީ ކޮންޓެންޓް 3 ޑިވައިސް އިން އެއްފަހަރާ ބަލާލެވޭނެއެވެ. އެހެންކަމުން، ކޮއްކޮ ޓެލިކްލާސްގައި ކިޔަވަން އިނަސް، ނޫނީ މަންމަ ޓީވީއިން ހަބަރު އަޅުވާފަ ހުއްޓަސް މޮބައިލް ފޯނުން ފަސޭހަކަމާއެކު ބޭނުންވާ ޝޯވ އެއް ބަލާލެވެނެއެވެ.
ދިރާގު ވީޑިއޯ އޮން ޑިމާންޑް (ވީ. އޯ. ޑީ) ގެ ކޮންޓެންޓް ވެސް ދިރާގު ޕްލޭ އެޕުން ބަލާލެވޭނެއެވެ. ދިރާގު ވީ.އޯ.ޑީ އަކީ މުނިފޫހިފިލުމުވުމަށް ފިލްމާއި ސީރީޒް އިން ފެށިގެން ގޮސް ތުއްތުކުދިންނަށާއި ސްކޫލް ކުދިންނަށް މުހިންމު މައުލޫމާތު ހިމެނޭ ޚާއްސަ ޝޯވ ތަކާއި ޕްރޮގުރާމްތައް އެކުލެވިގެންވާ ބައެކެވެ. އެގޮތުން، އޯލެވެލް އާއި އޭލެވެލްގައި ކިޔަވާ ކުދިންނަށް މުހިންމު ފިލާވަޅުތަކެއް ހިމެނޭ “އެޑިއު ޒޯން” ގެ ކޮންޓެންޓްވެސް ދިރާގު ޕްލޭ އެޕުން ބަލާލެވޭނެއެވެ.
މި އެޕް މެދުވެރިކޮށް ޗެނަލްތަކުގެ ޕްރޮގްރާމް ގައިޑް ފަސޭހައިން ބަލާލެވޭނެއެވެ. އެގޮތުން ކުރިން ދައްކާފައިވާ ޕްރޮގުރާމްތަކަކީ ކޮބައިކަމާއި ކުރިއަށް އޮތް ދުވަސްތަކުގައި ދައްކަން ހަމަޖެހިފައިވާ ޕްރޮގުރާމްތަށް ވެސް ބަލޭލެވޭނެއެވެ. އަދި ހަމަ އެހެންމެ، މީގައި ހިމެނޭ ކެޗްއަޕް ފީޗަރ އިން ހަދާންނެތިގެން ބޭނުންވާ ޕްރޮގުރާމެއް ބަލާނުލެވިއްޖެ ނުވަތަ ރިކޯޑް ކޮށް ނުލެވިއްޖެ ހާލަތެއްގައި އަލުން އެ ޕްރޮގުރާމެއް ބަލާލެވޭނެއެވެ. ކެޗްއަޕް ފީޗަރ މިވަގުތު އެކުލެވިގެންވަނީ ބައެއް ޗެނަލްތަކުގައިއެވެ.
ދިރާގު ޕްލޭ މިހާރު ހުޅުވާލާފައިވަނީ ދިރާގު މޯބައިލް ކަސްޓަމަރުންނަށް އެކަންޏެވެ. ޕެކޭޖް ސަބްސްކްރިޕްޝަނަކާއެކު ބޭނުން ކުރެވޭ މި އެޕްގައި އިންޓްރޮޑަކްޓަރީ އޮފަރ އެއްގެ ގޮތުން “ޕްލޭ” ޕެކޭޖް މުޅިން ހިލޭ އެއް މަސްދުވަހަށް ލިބިގެންދާނެއެވެ. މި ޕްކޭޖް ހިލޭ އެކްޓިވޭޓް ކުރެވޭނީ 15 ޖޫން 2020ގެ ނިޔަލަށެވެ. އެއަށްފަހު ކަސްޓަމަރުންނަށް މި ޕެކޭޖް މަހަކު އެންމެ 30 ރުފިޔާއަށް ބޭނުންކުރެވޭނެއެވެ. ޕެކޭޖްގެ ވެލިޑިޓީއަކީ އެކްޓީވޭޓް ކުރާތާ 30 ދުވަހެވެ.
މި ޕްކޭޖްގައި ކަސްޓަމަރުންނަށް މިހާރުވެސް 23 ޗެނަލް ބަލާލެވޭނެވެ. އަދި ދިރާގު ޕްލޭ އަށް އިތުރު ކޮންޓެންޓް އާއި ޗެނަލްތައް ހިމެނުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ދިރާގުން ވަނީ ބުނެފައެވެ.
ދިރާގުޕްލޭ މިހާރުވެސް ޕްލޭ ސްޓޯރުންނާއި އެޕް ސްޓޯރއިން ހިލޭ ޑައުންލޯޑްކޮށްލެވޭނެއެވެ.