English Edition
Dhivehi Edition

އައްޑޫ ސިޓީ ގެއަކުން ތިން ބައިސިކަލް ވަގަށް ނެގި ދެމީހަކު ހައްޔަރުކޮށްފިއެވެ.

މިއަދު ފުލުހުން ވިދާޅުވީ، މިދިޔަ މެއި މަހުގެ 30 ވަނަ ދުވަހާއި 31 ވަނަ ދުވަހު އަދި 01 ޖޫން ގެ ވަގުތެއްގައި އައްޑޫ ސިޓީ ހިތަދޫ ގެއަކުން ތިން ބައިސްކަލް ވަގަށް ނެގި މައްސަލައެއް ހުށަހަޅާފައިވާކަމަށެވެ،

ފުލުހުން އެ ތިން ބައިސްކަލުވެސް ހޯދައި، އޭގެ ވެރިފަރާތާއި ހަވާލުކޮށްފައިވާއިރު މި މައްސަލައާ ގުޅިގެން އުމުރުން 49 އަހަރުގެ ފިރިހެނަކާއި، 39 އަހަރުގެ ފިރިހެނެއް ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ވިދާޅުވިއެވެ.

ފަހަކަށް އައިސް އައްޑޫ ސިޓީގައި ވައްކަމުގެ މައްސަލަ ވަރަށް ބޮޑަށް އިތުރުވެފައިވާއިރު ދަނޑުވެރިންކަން ކުރާ ފަރާތްތަކުން ހައްދާ ތަކެތިވެސް ވަގަށް ބިނދެ ވިއްކާ މައްސަލަ ވަނީ އިންތިހާއަށް ބޮޑުވެފައެވެ. މީގެ އިތުރުން ރުއްރުކުން ކާށި އަޅައިގެން މާލެއަށް ދަތުރުކުރާ ބޯޓުތަކަށް ވިއްކުމުގެ އިތުރުން ގޮނޑުދޮށުން ދޮންވެއްޔާއި ވެލި ނަގައިގެން ވިއްކާ މައްސަލަވެސް ވަނީ އިންތިހާއަށް ބޮޑުވެފައެވެ،