English Edition
Dhivehi Edition

އައްޑޫ ސިޓީ ކައުންސިލްގެ ހުއްދައާއި ނުލައި އައްޑޫގެ އެކި އަވަށްތަކުގައި ހުރި ހުސް ބިންތަކުގައި ތަފާތު އެކިއެކި މަސައްކަތްތައް ކުރުމަކީ މަނާކަމެއް ކަމުގައި ސިޓީ ކައުންސިލުން ބުނެފިއެވެ.

ކައުންސިލުން މިއަދު ނެރުނު އިއުލާނެއްގައި ބުނީ އައްޑޫގެ އެކި އަވަށްތަކުގައި ހުރި ހުސް ބިންތަކުގައި އައްޑޫ ސިޓީ ކައުންސިލްގެ ހުއްދަ ހޯދުމަކާއި ނުލައި ދަނޑުވެރިކަމުގެ މަސައްކަތްތަކާއި ޢުމްރާނީ މަސައްކަތްތަކާއި އެހެނިހެން މަސައްކަތްތައް އެކި ފަރާތްތަކުން ކުރަމުންގެންދާކަން ފާހަގަކުރެވިފައިވާކަމަށެވެ. އަދި ކައުންސިލްގެ ހުއްދައަކާއި ނުލައި ހުސްބިންތަކުގައި މިފަދަ މަސައްކަތްކުރަމުން ގެންދިއުމަކީ މަނާކަމެއްކަމުގައި ކައުންސިލުން ވަނީ ބުނެފައެވެ. .

އިތުރަށް ކައުންސިލުން ބުނީ ހުއްދައެއް ނެތި މިފަދައިން މަސައްކަތްކުރަމުން ގެންދާނަމަ ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އާއި އެއްގޮތަށް ފިޔަވަޅުއަޅަމުން ގެންދާނެ ކަމަށާއި މި ފަދަ ފަރާތްތަކުން ކޮށްފައިވާ މަސައްކަތަކަށް ލިބިދާނޭ ގެއްލުމަށް ކައުންސިލުން ޒިންމާނުވާނެކަމަށެވެ.

މީގެ އިތުރުން ކައުންސިލުން ވަނީ އެ އިދާރާގެ ހުއްދައާއި ނުލައި އައްޑޫގެ އެކި އަވަށްތަކުގައި ހުރި ހުސްބިންތަކުގައި އެއްވެސް ބާވަތެއްގެ މަސައްކަތެއް ނުކުރުމަށް އިލްތިމާޒްކޮށްފައެވެ.

1 ކޮމެންޓް
އަނދިރި ދައުލަތް
ޖޫން 1, 2020
ކައުންސިލުން އެބެޱާ ހުސްބިމަކީ ކޮބާ ؟ މަރޮ މުއަވެގެން ހިނގާ ބާކިޔަ. ބިންތަކުގެ ވެެރި އިލާހަކީ މާތްﷲ، ދިރިތީބީން ކާއިބޯއް ދިރިވޭނޑޭއް އޮތް ބިމަކަށް ބާރަ ފޯރުވޭނެ ކައުންސިލަށް އޮވެގެން ނިވޭހެއް. އަތްފައި ގަދަކޮށް ތިބި މީހުން ދަނޑޮގޮވާން ކޮށްގެން ނަފާ ހޯދަގެން ހައްގުވެރިންނަށް ސަދާގާތްދެރެގެން ނަލަކޮށް ދިރިވޭނޑޭއްވީ. 7 އުޑުމަތިން އާއްސެއި އޮތް ޤުރުއާން އަކަށް ޖަދަލު ނިވޭހެއް އެވެންނަކަށް.