މޮނިޓަރިންގެ ޙާލަތުގައި ނުވާ ތަނެއްގެ ގޮތުގައި އައްޑޫ ސިޓީ ރިކޯޑް ކުރެވިފައިވުމާއެކު 02 ޖޫން 2020 ވާ އަންގާރަ ދުވަހުން ފެށިގެން އައްޑޫގެ އިންޑޯ ކުޅިވަރު ފެސިލިޓީތައް ހުޅުވުމަށް އައްޑޫ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
މުޅި ދުނިޔޭގައި މިހާރު ފެތުރެމުންދާ ކޮވިޑް-19 އާއި ގުޅިގެން އައްޑޫ ސިޓީގައި ރާއްކާތެރިކަމުގެ ގޮތުން އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ލުއިދޭން ފަށާފައިވާއިރު އައްޑޫ ސިޓީގެ އިންޑޯ ކުޅިވަރު ފެސިލިޓީސްތައް ހުޅުވުމަށް ސިޓީ ކައުންސިލުން ނިންމާފައިވަނީ ވަކި އުސޫލުތަކެއްގެ ދަށުންނެވެ. އެގޮތުން ކައުންސިލުން ކޮށްފައިވާ އިއުލާންގައި ބުނީ އިންޑޯ ކުޅިވަރު ފެސިލިޓީތައް ހުޅުވުމަށް ނިންމާފައި ވަނީ ހުކުރު ދުވަސް ފިޔަވައި އެހެން ކޮންމެ ދުވަހަކު ކަމަށެވެ.
- ބެޑްމިންޓަން ފެސިލިޓީސް، ބޭނުން ކުރުމުގައި ސަމާލުކަން ދެއްވަންޖެހޭ ބައެއް މުހިންމު ކަންތައްތައް:
-
- ހުޅުވިފައި ހުންނަ ގަޑި: ހެނދުނު 07:00 އިން 09:00 އަށް، އަދި ހަވީރު 04:00 އިން ރޭގަނޑު 10:00އަށް،
- ބެޑްމިންޓަން 02 ކޯޓް ޤާއިމް ކުރެވިފައިވާ ހޯލެއްނަމަ އެއްފަހަރާ ވަންނަންވާނީ 08 ކުޅުންތެރިންކަމާއި ކޮންމެ ކުޅުންތެރިޔަކަށް ގިނަވެގެން 01 ގަޑިއިރުގެ ވަގުތު ކޯޓް ބޭނުންކުރެއްވުން.
- ބެޑްމިންޓަން ކުޅުމަށް ވަގުތު ހޯދުމަށް ތިރީގައިމިވާ އީ-މެއިލް މެދުވެރިކޮށް ރިކުއެސްޓް ކުރައްވައިގެން.
- އެއްފަހަރު ބޭނުންކޮށް އުކާލާ ޕްލާސްޓީކް އިޖުތިމާޢީ މަރުކަޒަށް ނުވެއްދުން.
- ބެޑްމިންޓަން ކުޅުމަށް ބޭނުންކުރާ ޕާސަނަލް ކިޓްގައި ހިމެނޭ ސާމާނު ރަނގަޅަށް ޑިސް އިންފެކްޓްކުރުން
- ކުޅިވަރު ހޯލުގައި އުޅުއްވާ ހުރިހާ ވަގުތެއްގައިވެސް ސާފުތާހިރުކަމާއި ގައިދުރުކަމަށް އިސްކަންދެއްވުން.
- ރޯގާގެ އެއްވެސް ޢަލާމާތެއް ހުރިނަމަ ކުޅިވަރު ފެސިލިޓީސް ބޭނުންނުކުރުނ
- ކޮންމެ ކުޅުންތެރިޔަކުވެސް ހޭންޑް ސެނަޓައިޒާ ކުޑަފުޅިއެއް ގެންގުޅުން.
- ކުޅެން ފެށުމުގެ ކުރިން އަދި ކުޅެނިމުމަށްފަހު ގްރޫޕް ހަދައި މަޑުކޮށްގެން ނުތިބުން.
- ބެޑްމިންޓަން ފެސިލިޓީސް ބަލަހައްޓަވާ ފަރާތުން އެކުލަވާލައްވާފައިވާ އުޞޫލުތަކާއި އެއްގޮތަށް ޢަމަލުކުރުން.
- ޖިމް އިންޑޯ ފެސިލީސް، ބޭނުން ކުރުމުގައި ސަމާލުކަން ދޭންޖެހޭ ބައެއް މުހިންމު ކަންތައްތައް:
-
- ހުޅުވިފައި ހުންނަ ގަޑި: ހެނދުނު 07:00 އިން 09:00 އަށް، އަދި ހަވީރު 04:00 އިން ރޭގަނޑު 10:00އަށް،
- އެއްވަގުތެއްގައި ޖިމް ބޭނުންކުރެއްވޭނީ ގިނަވެގެން 05 މެންބަރުންނަށް، 01 ގަޑިއިރަށް.
- ޖިމް ބޭނުންކުރުމަށް ވަގުތު ހޯދުމަށް މި އިޢުލާނުގެ 1 ވަނަ މާއްދާގެ 1.3ގައި ބަޔާންކޮށްފައިވާ އީ-މެއިލް އެޑްރެސްތަކައް މެއިލްކޮށްގެން.
- އެއްފަހަރު ބޭނުންކޮށް އުކާލާ ޕްލާސްޓީކް ޖިމަށް ނުވެއްދުން.
- ޖިމަށް ވަޑައިގަންނަވާއިރު ބޭނުންކުރައްވާ ކިޓްގައި ހިމެނޭ ސާމާނު (ތުވާލި، އަންގި، ބޫޓް އަދި ބެލްޓް ފަދަ ތަކެތި) ރަނގަޅަށް ޑިސްއިންފެކްޓް ކޮށްގެން ބޭނުންކުރުން
- ޖިމްގައި އުޅޭ ހުރިހާ ވަގުތެއްގައިވެސް ސާފުތާހިރުކަމާއި ގައިދުރުކަމަށް އިސްކަންދިނުން.
- ޖިމްގައި ވޯކްއައުޓް ހައްދަވާ ކޮންމެ މެންބަރަކުވެސް ކުޑަ ހޭންޑް ސެނަޓައިޒާ ފުޅިއެއް ގެންގުޅުން.
- މީގެ އިތުރުވެސް ޖިމް ބަލަހައްޓާ ފަރާތްތަކުން ކަނޑައަޅާފައިވާ އުޞޫލުތަކާއި އެއްގޮތުން ޢަމަލުކުރުން
މީގެ އިތުރުން އިންޑޯ ފެސިލިޓީސް ތަކުގައި ކުޅޭ އެހެނިހެން ކުޅިވަރުތައް ކުޅުމަށްޓަކައި ހުޅުވުމަށް ހަމަޖެހިފައިވަނީ ހެނދުނު 07:00 އިން 09:00 އަށް، އަދި ހަވީރު 04:00 އިން ރޭގަނޑު 10:00ކަމަށް ކައުންސިލުންވަނީ ބުނެފައެވެ. ކައުންސިލުން ވަނީ ކުޅިވަރު ފެސިލިޓީތައް ބަލަހައްޓާ ފަރާތްތަކުން އަންގަވާ އިރުޝާދާއި އެއްގޮތަށް ޢަމަލުކުރެއްވުމުގެ އިތުރުން ކުޅިވަރު ކުޅުމަށް ވަގުތު ހޯދުމުގައި އިޖްތިމާޢީ މަރުކަޒުގެ އީ-މެއިލް މެދުވެރިކޮށް، ރިކުއެސްޓް ކޮށްގެން ވަގުތު ހަމަޖެއްސުމަށް އެދިފައެވެ.