English Edition
Dhivehi Edition
އައްޑޫ ސިޓީ ހުޅުމީދޫ - ފޮޓޯ: ހައްވާ އަމާނީ އަބްދުﷲ (ދި އެޑިޝަން)

އުމުރުން ދުވަސްވީ ތިން އަންހެނަކަށް ޖިންސީ ގޯނާކުރަން އުޅުނު ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ އިއްޔެ ހެނދުނު 10:35 ހާއިރު އައްޑޫ ސިޓީ މީދޫގައި އުމުރުން 64 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާކުރަން އުޅުނު ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެގޮތުން ކޯޓު އަމުރެއްގެ ދަށުން އިއްޔެ ހައްޔަރުކޮށްފައި ވަނީ އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނަކު ކަމަށް ފުލުހުން ބުނެއެވެ.

މީގެ އިތުރުން ފުލުހުން ބުނީ މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ގޮތުގައި އޭނާ ވަނީ މީގެ ކުރިން އުމުރުން 65 އަހަރުގެ އަންހެނަކާއި، 66 އަހަރުގެ އަންހެނަކަށްވެސް ޖިންސީ ގޯނާކޮށްފައި ކަމަށެވެ.