English Edition
Dhivehi Edition

“އޭއޯ ރޯދައިގެބަދިގެ” މި ސެގްމެންޓްގައި މިއަދު ގެނެސްދެނީ ސޮސެޖް ބޭނުންކޮށްގެން މަދު އިންގްރެޑިއެންޓަކާއެކު ތައްޔާރުކޮށްލެވޭ ވަރަށް މީރު ރެސިޕީ އެކެވެ. މި ސޮސެޖް ރިހަ އަކީ ބަތާއެކު ކާލަން ވަރަށް މީރު ރިހައެކެވެ.

ބޭނުންވާތަކެތި:

1 ޕެކެޓް ސޮސެޖް

1 1/2 ޖޯޑް ފްރޯޒެން ވެޖެޓަބަލްސް (ފިނިކުރި ތަރުކާރީ)

2 ސަމްސާ ކަރީ ޕައުޑަރ

ރަހަލާވަރު ލޮނުކޮޅެއް

1 ފިޔާ ކޮށާފައި

2 ލޮނުމެދު ގާނާފައި

2 ސަމްސާ ކޯން ފްލާ (ޒުވާރިފުށް)

ތައްޔާރުކުރާނެގޮތް:

އެންމެ ފުރަތަމަ ތެއްޔެއް އުނދުންމައްޗަށް އުދާފައި ސޮސެޖް އަދި ތަރުކާރީ އަޅާށެވެ. މީގެތެރެއަށް 1 1/2 ޖޯޑު ފެން އަދި ކަރީ ޕައުޑަރ އަޅާފައި ސޮސެޖް، ލޮނު، ފިޔާ، ލޮނުމެދު އަދި ތަރުކާރީ ރޯފިލަންދެން މަތިޖަހައިގެން މަޑުގިނީގައި ކައްކާށެވެ. ދެން މި ތަކެތި ރޯފިލަން ވާއިރަށް ފެންފޮދެއްގައި ޒުވާރިފުށް ގިރާލާފައި ތެއްޔަށް އަޅާފައި އޮލަވަންދެން ކެއްކުމަށްފަހު ތެލި އުނދުންމަތިން ބާލާފައި ސާރވް ކުރާށެވެ. މި ރިހަ ކައްކާއިރު ފެން މާބޮޑަށް ހިނދެންޏާ ކުދަފެންފޮދެއް އަޅާލާފައި ހުރިހާ ރަހައެއް ހެޔޮވަރުކޮށްލާށެވެ.