Certificate thah dhookurun lasvanee Raajje ah genaumugai huri gonjehunthakuge sababun: Education - AO News Certificate thah dhookurun lasvanee Raajje ah genaumugai huri gonjehunthakuge sababun: Education

ކޮވިޑް 19ކަވަރޭޖް

6,852,818CONFIRMED
3,352,066RECOVERED
3,102,470ACTIVE
398,282DEATHS
1883CONFIRMED
717RECOVERED
1157ACTIVE
7DEATHS
ހިރިޔާ ސްކޫލްގެ ދަރިވަރުންތަކެއް އިމްތިޙާނު ހަދަނީ - ފޮޓޯ: ރާއްޖެ އެމްވީ
ސެޓްފިކެޓްތައް ދޫކުރުން ލަސްވަނީ ރާއްޖެއަށް ގެނައުމުގައި ހުރި ގޮންޖެހުންތަކުގެ ސަބަބުން: އެޑިޔުކޭޝަން
2 ހަފްތާ ކުރިން

ސާނަވީ އަދި މަތީ ސާނަވީ އިމްތިޙާންތަކުގެ ސެޓްފިކެޓްތައް ދޫކުރުން ލަސްވަނީ އެ ސެޓްފިކެޓްތައް ރާއްޖެ ގެނައުމުގައި ހުރި ގޮންޖެހުންތަކުގެ ސަބަބުން ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

Advt

Advertisement

އެ މިނިސްޓްރީން އެހެން ބުނެފައި ވަނީ 2019 ވަނަ އަހަރުގެ އޮކްޓޯބަރ/ނޮވެންބަރ ގައި އޭލެވެލް އަދި އޯލެވެލް އިމްތިޙާން ހެދި ދަރިވަރުންގެ ސެޓްފިކެޓްތަކާއި ގުޅޭގޮތުން ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުން ދިއުމާއި ގުޅިގެން މިއަދު ނެރުނު ބަޔާނެއްގައެވެ.

އެ ބަޔާނުގައި އެޑިޔުކޭޝަން މިނިސްޓްރީން ބުނެފައި ވަނީ އޯލެވެލް އަދި އޭލެވެލް ސެޓްފިކެޓްތަކަކީ އެ ޔުނިވާސިޓީތަކުން ޕްރިންޓްކޮށް ސީލްޖަހައިގެން ސެންޓަރުތަކަށް ފޮނުވާ އެއްޗެއް ކަމަށާއި، ސެޓްފިކެޓްތައް ޕްރިންޓް ކުރާނީ ރީޗެކް މަރުހަލާ ނިމި ދަރިވަރުންގެ ނަތީޖާތައް ކަށަވަރުވީމައި ކަމަށެވެ.

މީގެ އިތުރުން އެ މަރުހަލާ ނިމި ސެޓްފިކެޓްތައް ފޮނުވުމާއި ހަމައަށް އައިއިރު، ކޮވިދް-19ގެ ސަބަބުން އިނގިރޭސިވިލާތާއި އަދި އެހެން ގިނަ ޤައުމުތަކުގެ އެއާޕޯޓްތައް ބަންދުކޮށް އެ ޤައުމްތައް ފުރަބަންދުކޮށްފައިވާ ކަމަށާއި، ސެޓްފިކެޓްތައް ރާއްޖެއަށް ގެނައުމުގައި ހުރި ގޮންޖެހުންތަކުގެ ސަބަބުން އަދި ރާއްޖެއާ ހަމައަށް ގެނެވިފައި ނުވާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ބުނީ ސެޓްފިކެޓްތައް ނުލިބި ލަސްވަނީ އިމްތިޙާނުތައް ފޯރުކޮށްދޭ މައި މަރުކަޒުތަކުން ސެޓްފިކެޓްތައް ފޮނުވުމުގައި ދިމާވެގެން އުޅޭ ދަތިތަކެއް ސަބަބުން ކަމަށާއި، ސެޓްފިކެޓްތައް ލިބުނުހާ އަވަހަކަށް ދަރިވަރުންނަށް ދޫކުރުމުގެ އިންތިޒާމު ހަމަޖައްސާނެ ކަމަށެވެ.

މީގެ އިތުރުން ސެޓްފިކެޓް ލިބުމުގެ ކުރިން މަތީ ތަޢުލީމުގެ ފުރުޞަތަށް އެދި ހުށަހަޅަން ބޭނުންވެއްޖެނަމަ، މިހާރު ދޫކޮށްފައިވާ ނަތީޖާ ޓްރާންސްކްރިޕްޓް ބޭނުންކުރެވިދާނެ ކަމަށްވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ. އަދި ނަތީޖާގެ ކަށަވަރުކަން ޔަޤީންކުރުމަށް އިތުރު ލިޔުމެއް ބޭނުންވާނަމަ، ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސް (ޑީޕީއީ) އަށް އެކަމަށް އެދި ހުށަހެޅުމުން އެފަދަ ލިޔުމެއް ލިބޭނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ. އެފަދަ ލިޔުމެއް ހޯދުމަށް އެދި ހުށަހަޅާނީ ޑީޕީއީގެ އީމެއިލް އެޑްރެސް [email protected] އަށެވެ.