English Edition
Dhivehi Edition

އުރީދޫ މޯލްޑިވްސްގެ އީ-ކޮމާރސް ޕްލެޓްފޯރމް، މޫލީގައި “ޢީދު ހަދިޔާ” ގެ ނަމުގައި ހާއްސަ އޮފަރ އެއް މިއަދު އިއުލާންކޮށްފި އެވެ.

ޢީދަށް ޚާއްސަކޮށް ތައާރަފް ކުރި މި އައު ކެޓެގަރީ މެދުވެރިކޮށް މާލެ އާއި ހުޅުމާލޭގައި ދިރިއުޅޭ އާއިލާ އާއި ރައްޓެހިންނަށް ޢީދު ހަދިޔާ ފޮނުވާލެވޭނެއެވެ. ހަދިޔާ ތަކުގެ ތެރެއިން، ގިނަ ބަޔެއްގެ މަގުބޫލުކަން ހޯދައިފައިވާ ދަ ސްޕޭސް ގެ އާދަޔާޚިލާފް މީރު ރަހަތަކުން ތައްޔާރުކޮށްފައިވާ “ވެރީ ފަޖް ސްޕޭސް ބްރައުނީޒް”، “ކެރަޓް ކަޕްކޭކްސް” އަދި “ހައިބިސްކަސް ކޭކް” ގެ އިތުރުން ބްރޭންޑްލޫމް، އަލޯރާ، މަލްޑައިސް، ވީސްޓޯރ އަދި ލިންކް ސާރވް އިން ވިއްކާ ގެއަށް ބޭނުންވާ ސާމާނުގެ އިތުން ‘ތަކެތި’ ފޮތް ވެސް ހިމެނެއެވެ.

ޢީދު ހަދިޔާ ފޮނުއްވުމަށް:

  • އުރީދޫ އެޕް މެދުވެރިކޮށް ޝޮޕްއަށް ޒިޔާރަތް ކުރައްވާ: http://ore.do/app
  • ކެޓެގަރީއިން ޢީދު ހަދިޔާ ހިޔާރުކުރައްވާ
  • ބޭނުންވާ ހަދިޔާ ހިޔާރުކުރެއްވުމަށްފަހު ކާޓް އަށް ގޮސް ޗެކްއައުޓް ކުރައްވާ
  • ހަދިޔާ ފޮނުވަން ބޭނުންވާ އެޑްރެސް، ޑެލިވަރީ އެޑްރެސްގައި ޖައްސަވާ
  • އޯޑަރ ކަށަވަރު ކުރެއްވުމަށް ޕޭމަންޓް ކޮންފަރމް ކުރައްވާ

މޫލީ މެދުވެރިކޮށް ޢީދު ހަދިޔާ ލިބުނު ފަރާތްތަކަށް، ލަކީ ޑްރޯއެއްގައި ބައިވެރިވެ، ނަސީބުވެރިފަރާތަކަށް ސެމްސަންގ ގެލެކްސީ ބަޑްސް+ އެއް ހޯދުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފައެވެ. ލަކީޑްރޯ ގައި ބައިވެރިވުމަށް ހަދިޔާ ލިބޭފަރާތުން މޫލީގެ ފޭސްބުކް ޕޭޖްއަށް ލައިކް ކުރައްވުމަށްފަހު، ހަދިޔާގެ ފޮޓޯއެއް EidHadhiyaa #DeliveredByMoolee# ޖައްސަވާފައި 30 މެއި ގެ 23:59 ގެ ކުރިން މޫލީ ފޭސްބުކް ޕޭޖަށް ޕޯސްޓް ކުރެއްވުމުން ލަކީ ޑްރޯގައި ބައިވެރިވެވޭނެއެވެ.

މޫލީ މެދުވެރިކޮށް ޢީދު ހަދިޔާ އަށް އޯޑަރުކޮށް ހަދިޔާ ލިބޭފަރާތުގެ ދޮރާހަމައަށް އެއް ދުވަސް ތެރޭގައި ގެންގޮސްދެވޭނެއެވެ. ޢީދު ހަދިޔާ ޕެކޭޖްގައި ހިމެނިފައިވަނީ ބައްލަވާގަތް އައިޓަމްގެ އިތުރުން ޢީދު ތަހުނިޔާ ކާޑަކާއި އެކު މޫލީގެ ސްޓިކަރ އެކެވެ. މޫލީގެ ޕާރޓްނަރުންނާއި އެކު މޫލީ ޓީމުން މަސައްކަތްކުރަމުންދަނީ ޑެލިވަރީ ޓީމް އަދި ކަސްޓަމަރުންގެ ރައްކާތެރިކަމަށް އެންމެ އިސްކަމެއްދީގެން، އެޗް.ޕީ.އޭ ގެ އިރުޝާދުތަކާއި އެއްގޮތަށް ކަމަށްވެސް އުރީދޫން ބުނެއެވެ.

ރާއްޖޭގެ ކޮންމެ ނެޓްވާރކް އަކުންވެސް މޫލީ މެދުވެރިކޮށް ޢީދު ހަދިޔާ ފޮނުވުމަށް މަރުހަބާ މޫލީން ކިޔާ ކަމަށް އުރީދޫން ބުނެއެވެ.