“އޭއޯ ރޯދައިގެ ބަދިގެ މި ސެގްމެންޓްގައި މިއަދު ގެނެސްދެނީ ޕެންޑަން ކޭކް ގެ ރެސިޕީއެވެ. ޕެންޑަން ކޭކަކީ ދިވެހިންގެ މެދުގައި މިހާރު ވަރަށް މަގްބޫލު އަދި ވަރަށް ގިނަމީހުންނަށް އެހާމެ މީރު ކޭކެކެވެ.
ބޭނުންވާތަކެތި:
3 ޖޯޑު ރާނބާފަތް ކޮށާފައި
1/2 ޖޯޑު ކާށިކިރު
1 ޖޯޑު ފުށް
2 ސަމްސާ ބޭކިންގ ޕައުޑަރ
1/2 ސަމްސާ ބޭކިންގ ސޮޑާ
2 ސަމްސާ ފުލްކްރީމް މިލްކް (ބޭނުމިއްޔާ ކިރުގެބަދަލުގައި ފެންވެސް ބޭނުން ކުރެވިދާނެ)
2 ބިސް
1/2 ޖޯޑު ހަކުރު
1/2 ޖޯޑު ތެޔޮ
1 ސަމްސާ ވެނީލާ އެސެންސް
ތައްޔާރުުރާނެގޮތް:
ހޭންޑް މިކްޗަރަކުން ބިސް، ހަކުރު، ތެޔޮ އަދި ވެނީލާ އެސެންސް ގިރާލާށެވެ. ދެން ރާނބާފަތް، ކާށިކިރު، ފުލްކްރީމް މިލްކް މިކްސްޗަރަށް އެޅުމަށްފަހު ފަތް ހިމުންވަންދެން ގިރާލާފައި ފުރާނާލާށެވެ. ތައްޓަކަށް ފުށް، ބޭކިންގސޮޑާ، ބޭކިންގް ޕައުޑަރ އަދި ބިސް އަޅާފައި މީގެތެރެއަށް ގިރާފައި ހުރި ބިސް، ހަކުރު، ތެޔޮ އަދި ވެނީލާ އެސެންސް އަޅާލުމަށްފަހު ރަނގަޅަށް ހޭންޑް މިކްސްޗަރ އިން ގިރާލާށެވެ. ދެން ފުރާނާފައި ހުރި ރާނބަފަތް ކިރުފެން މީގެތެރެއަށް އަޅާފައި އެއްކޮށް ލުމަށްފަހު ޓްރޭއަކަށް އަޅާލާށެވެ. ދެން އަވަން 175 ޑިގްރީ އަށް ހޫނުކޮށްފައި 40 މިނެޓްވަންދެން ކޭކް ފިހެލާށެވެ.