English Edition
Dhivehi Edition
ފޮޓޯ:ސަން އޮންލައިން

ކޮވިޑް-19 އަށް ފަރުވާދެމުން ދަނިކޮށް މިރޭ ނިޔާވެފައި ވަނީ ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ ހުސައިން އަބްދުﷲ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވީ ކޮވިޑް-19 ޖެހިގެން ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާ ދެމުން ގެންދިޔަ ދިވެހި ފިރިހެނަކު މިރޭ 23:15 ގައި ނިޔާވެފައިވާ ކަމަށެވެ.

ހުސައިން އަބްދުﷲ ނިޔާވިއިރު ފަރުވާ ދެމުން ގެންދިޔައީ ވެންޓިލޭޓަރުގައެވެ. އޭޕްރީލް 30 ވަނަ ދުވަހުން ފެށިގެން އޭނާ އަށް އައިސީޔޫގައި ފަރުވާދެމުން ދިޔަ އިރު އޭނާ އަށް ވެންޓިލޭޓަރުގައި ފަރުވާ ދޭން ފެށީ މިމަހުގެ 03 ވަނަ ދުވަހު އެވެ.

މާލޭގައި މަޝްހޫރު ވިޔަފާރިތަކުގެ ތެރޭގައި ހިމެނޭ އެމްއެޗްއޭގެ ވެރިޔާ ހުސައިން އަބްދުﷲ ގެ އަނބިކަނބަލުން އާމިނަތު އާދަމްވެސް މި ބަލީގައި ނިޔާވެފައިވާއިރު،އޭނާއަކީ ރައްޖެއިން އެންމެ ފުރަތަމަ މި ބަލީގައި ނިޔާވި މީހާއެވެ.

މިހާތަނަށް ކޮވިޑް19 ޖެހިގެން 04 މީހަކު ނިޔާވެފައިވާއިރުު ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 955 އަކަށް އަރާފައެވެ