English Edition
Dhivehi Edition
ރާއްޖޭގައި އުޅޭ ބިދޭސީންތަކެއް - ފޮޓޯ: ދުވަސް އެމްވީ

ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި 03 މީހަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.

މިރޭ އެންއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާނު، މަބްރޫކް އަޒީޒް ވިދާޅުވީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް ސާމްޕަލް ނަގާ ފަރާތްތަކުގެ އެޑްރެހާއި ގުޅޭނެ ނަންބަރުތައް ނޯޓުކުރާ ކަމަށާއި، އެޗްޕީއޭ އިން ކުރިއަށްގެންދިޔަ ރޭންޑަމް ސާމްޕަލިންގެ ތެރެއިން 07 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ.

އެގޮތުން މަބްރޫކް ވިދާޅުވީ ޕޮޒިޓިވްވި ހަތް މީހުންގެ ތެރެއިން ހަތަރު މީހުންނަކީ ތޮއްޖެހިގެން ދިރިއުޅޭ ތަނަކުން ފެނުނު ބައެއް ކަމަށާއި، އަނެއް ތިން މީހުންނަކީ ތަފާތު ތިން އެޑްރެހެއްގައި އުޅޭ މީހުން ކަމަށެވެ.

އެހެންނަމަވެސް އެ ހަތް މީހުންނާއި ގުޅޭނެ ގޮތް ނުވެގެން މޯލްޑިވްސް ޕޮލިސް ސަރވިސް އާއި އެޗްޕީއޭގެ ފަރާތުން އެ މަޢުލޫމާތު ހިއްސާކޮށްފައިވާ ކަމަށް މަބްރޫކް ވިދާޅުވި އެވެ.

މީގެ އިތުރުން އެ ހަތް މީހުން ތެރެއިން ފުލުހުން ވަނީ މިހާތަނަށް ހަތަރު މީހަކު ހޯދައި އެޗްޕީއޭ އާއި ހަވާލުކޮށްފައި ކަމަށާއި، އަނެއް ތިން މީހުން އަދި ފެނިފައި ނުވާ ކަމަށްވެސް މަބްރޫކް ވިދާޅުވި އެވެ. ފުލުހުން ދަނީ މިހާރު އެ ތިން މީހުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

ފުލުހުންގެ މަސައްކަތުންވެސް އެ ތިން މީހުން ނުފެނިއްޖެނަމަ، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިދޭ ބާރުގެ ދަށުން އެމީހުންގެ ޒާތީ މަޢުލޫމާތު ހާމަކުރާނެ ކަމަށްވެސް މަބްރޫކް ވިދާޅުވި އެވެ.

1 ކޮމެންޓް
Hussain ifhaam
މެއި 14, 2020
PASSPORT GA HUN NAANE EMEGENCY GA GULHAA NUMBER ANEYKOLHUN RASHU ADDRESS. ADI PHONE NUMBER. IMMIGRATION IN PASSPORT COPY HODEYNE. HAMA GAIMUVES BORDER CONTROL GA HUN NAANE. DHEN EYMEEHUN GE IMO NUMBER VES HUN NAANE