English Edition
Dhivehi Edition

މިއަހަރުގެ ފުރަތަމަ 6 މަސް ދުވަހު ރާއްޖޭގައި ކުރި ކައިވެންޏާއި ވަރި މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު މަދުވެފައިވާކަމަށް ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

. މިއަހަރުގެ ފުރަތަމަ 6 މަސްދުވަހު ކައިވެނިކުރި މީހުންގެ އަދަދަށްވުރެ ވަރިކުރި މީހުންގެ އަދަދުވެސް ވަނީ 18 އިންސައްތަ ދަށްވެފައެވެ. ފެމިލީ ކޯޓުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ ފުރަތަމަ ހަ މަސް 2،292 ކައިވެނި ކުރިއިރު މިދިޔަ އަހަރު އެ މުއްދަތުގައި ކޮށްފައިވަނީ 2،636 ކައިވެންޏެވެ. އެހެންކަމުން މިއަހަރު ކައިވެނިކުރި މީހުންގެ އަދަދުވަނީ މިދިޔަ އަހަރާއި އަޅާބަލާއިރު 13 ޕަސެންޓް ދަށްވެފައެވެ. މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް 1476 ވަރިކޮށްފައިވާއިރު މިދިޔަ އަހަރު މި މުއްދަތުގެ ތެރޭގައިވަނީ 1،808 ވަރި ވަނީ ކޮށްފަ އެވެ.

2016ވަނަ އަހަރު ނިމުނުއިރު ރާއްޖޭގައި 5،400 އަށް ވުރެ ގިނަ ކައިވެނި ކޮށްފައިވާއިރު 3400 އަށްވުރެ ގިނަ ވަރިވަނީ ކޮށްފައެވެ.