ވޭޕް މަނާކުރަން ސަރުކާރުން ނިންމުމާ ގުޅިގެން އެކަމާ ދެކޮޅަށް ރައްޔިތުންގެ މަޖިލީސް ކައިރިއަށް އެއްވެ މުޒާހަރާކޮށްފިއެވެ.
މި މުޒާހަރާގެ ބައިވެރިން ވަނީ ސަރުކާރުގެ ކުއްލި ނިންމުމާ ގުޅިގެން ކުދި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތައް ލިބޭނެކަމަށް ބުނެ ކަންބޮޑުވުންފާޅުކޮށްފައެވެ.
މީގެއިތުރުން މުޒާހަރާ ކުރި މީހުން ވަނީ ވޭޕް އެތެރެކުރުމާއި ބޭނުން ކުރުމަކީ ޖިނާއީ ކުށަކަށް ނަހަދާ އެކަން ރެގިއުލޭޓް ކުރުން ހަރުދަނާ ކުރުމަށް ސަރުކާރަށް ގޮވާލާފައެވެ.
ވޭޕްކުރަން ބޭނުންކުރާ ތަކެއްޗާއި އޭގެ ވަކިވަކި ބައިތައް ކުރިއަށް އޮތް ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން ރާއްޖެ އެތެރެކުރުން މަނާކުރަން ސަރުކާރުން ވަނީ ނިންމާފަ އެވެ. އަދި އެފަދަ ތަކެތި މިއަހަރުގެ ޑިސެމްބަރު 15 ވަނަ ދުވަހުން ފެށިގެން އިޝްތިހާރު ކުރުން މަނާކުރުމަށްވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ކަމާ ގުޅޭ އިދާރާތަކަށް އަންގަވާފަ އެވެ