English Edition
Dhivehi Edition

ރިސޯޓެއްގައި މޫދަށް އެރިއުޅުނު ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެއެވެ.

މި ހާދިސާގައި މަރުވެފައިވަނީ އުމުރުން 63 އަހަރުގެ ބެލަރަސް އަންހެނެކެވެ.

ފުލުހުން ބުނީ މައްސަލަ ރިޕޯޓުކޮށްފައިވަނީ މިއަދު ހެނދުނު 11:29 ހާއިރު ކަމަށެވެ. އަދި ވ. ފެލިދޫގައި ހުންނަ ހޮސްޕިޓަލަށް އަންހެން މީހާ ގެންދިޔައިރުވެސް އޭނާ މަރުވެފައިވާކަމަށް ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.