English Edition
Dhivehi Edition
ޕީޕީއެމްގެ ނައިބު ރައީސް އަދި ގުރައިދޫ ދާއިރާގެ މެންބަރު ޣައްސާން މައުމޫން - ފޮޓޯ: މަޖިލިސް

އައްޑޫ ސިޓީގައި އިޖުތިމާޢީ ފެތުރުމެއް ފެށުމުން އެކަމާމެދު ހިތާމަކުރައްވާ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެންބަރު ޣައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.

ޣައްސާން މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

އެ ޓްވީޓްގައި ޣައްސާން ވިދާޅުވެފައި ވަނީ އައްޑޫގައި އިޖުތިމާޢީ ފެތުރުމެއް ފެށުނީމައި ހިތާމަކުރައްވާ ކަމަށާއި، ވަގުތު ފާއިތުވެއްޖެ ކަމަށެވެ.

މީގެ އިތުރުން ޣައްސާން ވިދާޅުވީ ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އާއި އެހެން ސިއްހީ މާހިރުން ބުނާ ގޮތުގައި މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގެ އެންމެ މުހިންމު ފިޔަވަޅަކީ ޓެސްޓުކުރުން ކަމަށެވެ.

“ރާއްޖޭގެ ކަންކޮޅުތަކުގައި ޓެސްޓް ކުރަންވެއްޖެ. ޓެސްޓް، ޓްރޭސް، އައިސޮލޭޓް، ޓްރީޓް”، ޣައްސާން ވިދާޅުވި އެވެ.

ޣައްސާން މިހެން ވިދާޅުވިއިރު، ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް-19 އަށް މިއަދު އައްޑޫ ސިޓީން ފުރަތަމަ ފަހަރަށް މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އެކަމާއި ގުޅިގެން މިއަދުން ފެށިގެން 14 ދުވަހުގެ މުއްދަތަށް އައްޑޫ ވަނީ މުޅިން ފުރަބަންދުކޮށްފަ އެވެ.

 

1 ކޮމެންޓް
Maalimee
މެއި 10, 2020
Addu ah Samaalu kan Dhenee Vote Hoadhan Veemaa Covid ah Test Hedheynegoiy Emme Furathama Noonee Dhevanayah Nehedhee Keevve ?