އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އަށް ބޭނުންވާ ސެނެޓައިޒާ ހެޕީ މާކެޓުން ފޯރުކޮށްދޭނެ ކަމަށް އެ ކުންފުނީގެ ސީއީއޯ، އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
“އޭއޯ ނިއުސް” އަށް މައުލޫމާތު ދެއްވަވަމުން އިހުސާން ވިދާޅުވީ މިފަދަ ކުއްލި ހާލަތެއް އަތުވެދާނެ ކަމަށް ބަލާފައި އައްޑޫގައި މިހާރުވެސް 250 ލީޓަރުގެ ސެނެޓައިޒާ ސްޓޮކްގައި ބަހައްޓާފައިވާނެ ކަމަށެވެ. އަދި މިވަގުތު އައްޑޫގެ ސިއްހީ ޚިދުމަތް ފޯރުކޮށްދޭ ތަންތަނަށް ސެނެޓައިޒާ މިރޭ ފޯރުކޮށް ދޭނެ ކަމަށް އިޙްސާން ވިދާޅުވިއެވެ.
މީގެ އިތުރުން މިރޭ ކުރެއްވި ޓްވީޓެއްގައި ވެސް އިހްސާން ވިދާޅުވެފައި ވަނީ އައްޑޫ ހޮސްޕިޓަލަށް މިވަގުތަށް ބޭނުންވާ ހޭންޑް ސެނެޓައިޒާ މިރެއިން މިރެއަށް ހެޕީ މާކެޓުން ފޯރުކޮށްދޭނެ ކަމަށެވެ.
Addu Hospital ah mivaguthah beynunvaa Hand Sanitizer mirein mireah @HappymarketMv in foarukohdheyne. Allahge iraadhafulhun hand sanitizer nethigen hidhumathah burooeriya nudheveytho alhugandumen balaanan.
— Ali Ihusaan (@ali_ihusaan) May 9, 2020
“ﷲގެ އިރާދަފުޅުން ހޭންޑް ސެނިޓައިޒާ ނެތިގެން ޚިދުމަތަށް ބުރޫ އެރިޔަ ނުދެވޭތޯ އަޅުގަނޑުމެން ބަލާނަން”، އެ ޓްވީޓްގައި އިހުސާން ވިދާޅުވެފައި ވެއެވެ.
އިހުސާން މިހެން ވިދާޅުވިއިރު، އައްޑޫ ގައި ކޮންމެވެސް ވަރަަކަށް ޕީޕީއީ އެބަހުރި ކަމަށާއި އެހެންނަމަވެސް އެކަންމެ އެކަށީގެންވާ އަދަދަށް ޕީޕީއީ ނެތްކަމަށް އައްޑޫ ހޮސްޕިޓަލްގެ މެނޭޖަރ ޝަރަފުއްސާދަތު ވަނީ މިއަދު ވިދާޅުވެފަ އެވެ.
ކޮވިޑް 19 އަށް އައްޑޫސިޓީން މީހަކު ޕޮޒިޓިވް ވުމާއި ގުޅިގެން މިއަދު އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރ (އޭއީއޯސީ) ބޭއްވި ނޫސް ކޮންފަރެންސްގައި އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގެ މެނޭޖަރ ޝަރަފު ސާދާތު ވިދާޅުވީ ކޮވިޑް-19 ގައ ބޭނުންކުރާނެ ޕީޕީއީގެ ކޮންމެވެސް ވަރެއް އައްޑޫއަށް ލިބިފައިވާ ކަމަށެވެ. ނަމަވެސް އެންމެ ބޭނުންވާ މިންވަރަށް ޕީޕީއީ ނެތްކަމަށެވެ.
ކޮވިޑް 19 އަށް ޕޮޒިޓިވް ވި މީހާ އަށް އިއްޔެ އޭއީއެޗްގައި ފަރުވާ ދީފައިވަނީ ޕީޕީއީ ބޭނުން ނުކޮށް ކަމަށް ވެސް ހޮސްޕިޓަލުން ވަނީ ބުނެފައެވެ.