English Edition
Dhivehi Edition

“އޭއޯ ރޯދައިގެބަދިގެ” މި ސެގްމެންޓްގައި މިއަދު ގެނެސްދެނީ ވަރަށް މީރު ޑްރިންކެއް ތައްޔާރު ކުރާނެގޮތުގެ ރެސިޕީއެވެ. މިލްކްޝޭކަކީ ގިނަ މީހުންނަށް ކަމުދާ ބުއިމަކަށް ވާއިރު މި އަދު މިގެނެސްދޭ ރެޑްވެލްވްޓް މިލްކްޝޭކް ކަމުދާނެކަމަށް އުންމީދު ކުރަމެވެ.

ބޭނުންވާތަކެތި:

އެއްތަށްޓަށް:-

1/2 ޖޯޑު ކިރު

1 ޖޯޑު ޗޮކްލެޓް އައިސްކްރީމް

2 ސަމްސާ ރެޑްވެލްވެޓް ކޭކް މިކްސް

1 ސަމްސާ ކްރީމް ޗީޒް ފްރޮސްޓިންގ (ބޭނުމިއްޔާ)

2 ސަމްސާ ވިޕްޑްކްރީމް

ތައްޔާރުކުރާނެގޮތް:

އެންމެފުރަތަމަ އައިސްކްރީމް، ކިރު، ކޭކްމިކްސް، ފްރޮޮސްޓިންގ ބްލެންޑަރ އަށް އަޅާފައި އޮލަވަންދެން ގިރާލާށެވެ. ދެން ތައްޓަށް އަޅާފައި މައްޗަށް ވިޕްޑް ކްރީމް އަޅާފައި ގާނިޝް ކުރުމަށްފަހު ސާރވް ކުރާށެވެ.