English Edition
Dhivehi Edition

“އޭއޯ ރޯދައިގެބަދިގެ” މިސެގްމެންޓްގައި މިއަދު ގެނެސްދޭ ރެސިޕީ އަކީ ވަރަށް ފަސޭހައިން ތައްޔާރު ކޮށްލެވޭ ވަރަށް މީރު ފޮނިއެއްޗެކެވެ. ބަނާނާ ބްރެޑަކީ ހަށިގަނޑަށް ވަރަށްފައިދާ ހުރި އަދި ރޯދަވީއްލާ ގަޑީގައި އިންސާފް ކޮށްލުމަށް އެންމެ ރަނގަޅު އެކައްޗަކަށް ވާނެކަން ޔަގީނެވެ.

ބޭނުންވާތަކެތި:

3 ބޮޑު ދޮންކެޔޮ (ވަރަށްބޮޑަށް ދޮންވެފައިވާ)

1/2 ޖޯޑު ބަޓަރ

3/4 ޖޯޑު ހަކުރު

2 ބިސް

1 1/2 ޖޯޑު ފުށް

1 ސަމްސާ ބޭކިންގް ސޮޑާ

1/2 ސަމްސާ ލޮނު

1/2 ސަމްސާ ވެނީލާ އެސެންސް

1 ޖޯޑު ވޯލްނަޓް

1/2 ޖޯޑު ހިކިމޭބިސް ކަދުރު

ތައްޔާރުކުރާނެގޮތް:

އެންމެފުރަތަމަ ތަށްޓަކަށް ހަކުރު އަދި ބަޓަރ އަޅާފައި ހޭންޑްމިކްސަރަކުން ގިރާލާށެވެ. ދެން އެހެން ތަށްޓެއްގައި އުލަކުން ދޮންކެޔޮ ޗަސްކޮށްފައި އެއްކުރި ހަކުރު މިކްސްޗަރ ގެތެރެއަށް އަޅާފައި ބިސް ވެސް އެޅުމަށްފަހު އެއްކުރާށެވެ. ދެން ފުށް، ލޮނު، ބޭކިންގްސޮޑާ އަޅާފައި އެއްކުރާށެވެ. ފުށް ރަނގަޅަށް އެއްވީމާ ވެނީލާ އެސެންސް، ވޯލްނަޓް އަދި ރެއިޒިން އަޅާފައި ރަނގަޅަށް އެކުރުމަށްފަހު ޓްރޭގައި ބަޓަރ ކޮޅެއް ހާކާލާފައި ޓްރޭއަށް ތައްޔާރު ކުރި ބަނާނާ ބްރެޑް މިކްސްޗަރ އެޅުމަށްފަހު އަވަނަށްލައި 180ޑިގްރީގައި ރޯފިލަންދެން ފިހެލާށެވެ.