English Edition
Dhivehi Edition
ފޮޓޯ:އަވަސް

2016 ވަނަ އަހަރު މޯލްޑިވިއަން އައިޑޮލް އިން ގިނަ ބައެއްގެ ލޯބި ހޯދާ އައިޑޮލްގެ ތިންވަނަ މަގާމު ހޯދި ލަވަކިޔުންތެރިޔާ މުހައްމަދު އިޝާން ލަވަކިޔުން ހުއްޓާލައިފިއެވެ.

ލަވަކިޔުންހުއްޓާލިކަން ހާމަކުރަމުން އިޝާން ފޭސްބުކްގައި ކޮށްފައިވާ ޕޮސްޓެއްގައި ބުނީ ﷲ އަށް ކުއްތަންވެ ތިރިވެ ކޮށްލާ އެންމެ ސަޖިދައަކުން ހިތަށް ލިބޭ އަރާމު އެތައް އަހަރު ދުވަހެއް ވަންދެން ކުޅުނު މިއުޒިކުން ހިތަށް ކުރެވުނު އިހްސާސްތަކާއި ނުބައްދަލުކަމަށެވެ. “މިއުޒިކަކީ ޝައިޠާނާ ބޭނުން ކޮންމެ ގޮތަކަށް ތިބާގެ ނަފްސް ކޮންޓްރޯލް ކޮށްލާ ކަމެއް. މިއުޒިކް ކުޅެ އަޑުއެހުން އެއީ ﷲ އާއި ތިބާއާއި އޮތް ގުޅުން ވަރަށް ބޮޑަށް ނިކަމެތި ކޮށްލާ ކަމެއް.” އިޝާން ބުންޏެވެ.

މީގެ އިތުރުން އިޝާން ބުނީ މީގެ ކުރިން އެންމެ ރެއަކުން ލިބުނު އާމްދަނީ މިހާރު ލިބެނީ މަހެއްގެ މައްޗަށް ކަަމަށާއި ފުދުންތެރިކަމާއި ތަނަވަސްކަމަކީ އިންސާނުންގެ ހިތާއި ގުޅިފައި އޮތް ކަމެއްކަމުގައި މިއަދު އިހްސާސްކުރެވޭ ކަމަށެވެ. އިޝާންވަނީ އޭނާ ބައިވެރިވެފައިވާ އެއްވެސް މިއުޒިކެއް އެއްވެސް ފަރާތަކުން އަޑުނޭހުމަށްވެސް އިލްތިމާޒްކޮށްފައެވެ.