English Edition
Dhivehi Edition

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުމުގެ ކުރިން، މަޖިލީހުގެ ޗެމްބަރު ތެރެއަށް ސިފައިން ވަދެއްޖެއެވެ.

މަޖިލީހުގެ ރިޔާސަތުގެ ހިމާޔަތުގައި ގިނައަދަދެއްގެ ސިފައިންގެ ސަފުތައް ރިޔާސަތުގެ ކުރިމަތީގައި ރުކުރުވާ ލާފައިވާއިރު އިދިކޮޅު މެންބަރުން އަންނަނީ މަޖިލީހުގެ ޗެމްބަރު ތެރޭގައި އިހުތިޖާޖް ކުރަމުން އެވެ.

މަޖިލީހުގައި އިދިކޮޅު މެންބަރުން ިއހުތިޖާޖު ކުރަނީ، މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރުނެތް ކަމުގެ މައްސަލައެއް ހުށަހަޅާާފައި ވަނިކޮށް، އެ މައްސަލަ އެޖެންޑާ ނުކުރާތީ އެވެ. އަދި މަސީހުގެ ރިޔާސަތުގައި ޖަލްސާއެއް ނުބޭއްވޭނެ ކަމަށް އިދިކޮޅުން އަންނަނީ ބުނަމުން އެވެ.

މަޖިލިސް މެދުކެނޑިފައި އޮންނަތާ 22 ދުވަސް ފަހުން މިއަދު ޖަލްސާ ބާއްވަން ތައްޔާރުވެފައިވާއިރު، ރިޔާސަތުގެ މޭޒާއި އިދާރީ މޭޒުގެ ވަށައިގެން ގާތްގަނޑަށް 30 ސިފައިން ވަނީ އެތުރިފަ އެވެ.