English Edition
Dhivehi Edition
ފޮޓޯ: ސޯޝަލް މީޑިއާ

ފޯނާއި އިންޓަނެޓު ބިލު ނުދެއްކުނު ނަމަވެސް މިހާލަތުގައި ހިދުމަތް މެދުކަނޑާނުލުމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ޓެލެކޮމް ކުންފުނިތަކަށް ގޮވާލައްވައިފި އެވެ.

ކޮވިޑް-19 އާއި ގުޅިގެން އެތައް ބައެއްގެ ވަޒީފާ ގެއްލިފައިވާ މި ދަނޑިވަޅު ދިރާގު އަދި އުރީދޫއިން ހިދުމަތް މެދުކަނޑާލާކަމުގެ ޝަކުވާތަކާއެކު ފައްޔާޒް ޓެގްކޮށް މީހަކު ކޮށްފައިވާ ޓުވިޓެއްގައި ބުނީ މި ދަނޑިވަޅު ބައެއް ފަރާތްތަކަށް ދިރާގު އަދި އުރީދޫ ގެ ބިލްތައް ދެއްކުމުގައި ދަތިތަކެއް އެބަހުރިކަމަށާއި ހިދުމަތް މެދުކަނޑާލުމަކީ ލަދުވެތިވާން ޖެހޭ ކަމެއްކަމުގައެވެ. އަދި ކަންތައްތައް ހަމައަކަށް އެޅުމުން ފަހުން ބިލްތައް ދެއްކޭނެކަމަށާއި މި ދަނޑިވަޅު ބިލްތައް ‘ހޯލްޑް’ކޮށްފައި ބެހެއްޓިދާނެކަމަށެވެ.

މި ޓުވިޓާއި ގުޅިގެން މިނިސްޓަރ ފައްޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި ދަނޑިވަޅުގައި މުވާސަލާތީ ހިދުމަތްދޭ ދިރާގާއި އުރީދޫ އިން ދެމުންދާ އެއްބާރުލުން ފާހަގަ ކުރައްވާ ޝުކުރުކުރުވެރިވާކަމަށެވެ. އަދި ފޯނާއި އިންޓަނެޓު ބިލު ނުދެއްކުނު ނަމަވެސް މިހާލަތުގައި ހިދުމަތް މެދުކަނޑާނުލުމަށް ފައްޔާޒްވަނީ އެދިވަޑައިގެންފައެވެ.