English Edition
Dhivehi Edition
އައްޑޫސިޓީގެ ފޭދޫ ބަނދަރުގައި އޮތް ސަފާރީއެއް. ސަފާރީ ތަކުންނާއި ރިސޯޓު ތަކުން މީހުން އަރައި ފޭބުން ވަނީ ވަގުތީ ގޮތުން މަނާކޮށްފައި

 

މާލެ ސަރަޙައްދު ފުރަ ބަންދުގެ ޙާލަތަށް ގެނައުމާއި ގުޅިގެން އެކިއެކި ބޭނުންތަކަށް މާލެ އައިސް އެނބުރި ރަށަށް ނުދެވި ތިބި ފަރާތްތައް ރަށަށް ދިއުމުގެ ކުރިން ކަރަންޓީން ވާންޖެހޭނެ ކަމުގައި ނޭޝަނަލް ޑީޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ އިން އަންގައިފިއެވެ.

އެއޮތޯރިޓީން ހޮނިހިރު ދުވަހު ނެރުނު ލިއުމެއްގައި ވަނީ ދިވެހިރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، އާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކައުތެރިކަމަށްޓަކައި، ޤާނޫނު ނަންބަރު 2020/7 (ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު) ގެ ދަށުން އަޅަންޖެހޭ ޚާއްޞަ ފިޔަވަޅުތައް އެޅުމަށް މަގުފަހިކުރުމުގެ ގޮތުން،އެ ޤާނޫނުގެ 33 ވަނަ މާއްދާގެ ދަށުން އިޢުލާންކުރައްވާފައިވާ ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތާއި އެކު ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ)އިން މާލެ ސަރަޙައްދު ފުރަ ބަންދުގެ ޙާލަތަށް ގެނައުމާއި ގުޅިގެން އެކިއެކި ބޭނުންތަކަށް މާލެ އައިސް އެނބުރި ރަށަށް ނުދެވި ތިބި ފަރާތްތައް ރަށަށް ފޮނުވުމުގައި ޢަމަލު ކުރާނެ އުޞޫލެއް ކަނޑައަޅާފައިވާ ކަމަށެވެ.

މިއުސޫލުގައިވާ ގޮތުން އެންމެ އިސްކަމެއްދީފައިވަނީ އާސަންދަ ނުވަތަ އެންސްޕާ އިން މާލެ ގެނެސް ނުފުރިފައިވާ ފަރާތްތަކެވެ.

ދެން އެންމެ އިސްކަމެއް ދެނީ 5 އަހަރުންދަށުގެ ކުޑަކުދިންނާއެކު ބޭސްފަރުވާއަށް މާލެ ދިޔަ ފަރާތްތަކާއި ވިހެއުމަށް މާލެ ގޮސްފައިވާ އަންހެނުންނާއި ޢާއިލާ މީހުންނެވެ. އޭގެ ފަހުން 65 އަހަރުންގެ ބަލި މީހުންނަށް އިސްކަން ދީފައިވާއިރު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އެހީތެރިންގެ ނަން ހިމަނާފައިވެއެވެ. މިކުދިންނަށް ފަހު ދެން އިސްކަން ދީފައިވަނީ ދާއިމީ ބައްޔަށް ބޭސް ކުރާ ފަރާތްތަކަށެވެ. އޭގެ ފަހުގައި ރަށަށް ދިއުމަށް ކުރިން ޓިކެޓް ނަގާފައިވާ ފަރާތްތަކަށާއި ރާއްޖެއަށް ބޭރުން އައިސް ކަރަންޓީން ހަމަކޮށްފައިވާ ކިޔަވާ ކުދިން ހިމެނެއެވެ.

މި އުސޫލުގައިވާ ގޮތުން ދެން އިސްކަން ދެނީ ވަޒީފާ އަދާ ކުރަމުންގެންދާ ރިސޯޓު ފުރަ ބަންދު ކުރުމުން ނުވަތަ ރިސޯޓު ވަގުތީ ގޮތުން ބަންދު ކުރުމާއި ގުޅިގެން ރަށަށް ދިއުމަށްޓަކައި މާލެ އައިސްފައިވާ ފަރާތްތަކާއި ޖަލު ހުކުމް ތަންފީޒުކުރުމަށްފަހު މާލެ އައިސްފައިވާ ފަރާތްތަކުގެ ތެރެއިން އެނބުރި ރަށަށް ނުފުރި ޙާލުގައި ޖެހިފައިވާ ފަރާތްތަކާއި އެހެނިހެން ބޭނުންތަކާއި ގުޅިގެން ރަށަށް ދާންބޭނުންވާ ފަރާތްތަކެވެ.

އަމިއްލަ ރަށަށް ދިއުމަށްޓަކައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސަރވިސަސްއަށް ނުވަތަ މާލެ ސިޓީ ކައުންސިލުގެ އިދާރާ ނުވަތަ ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލް.ޖީ.އޭ) އަށް ކުރިން ރިޕޯޓްކޮށްފައި ނުވާ ފަރާތްތައް 1412 އަށް ރިޕޯޓުކުރަމުން ގެންދިއުމަށްވެސް ޑީޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ ވަނީ ޢާއްމުކޮށް އަންގާފައެވެ.