English Edition
Dhivehi Edition
މާލޭގައި ކުރިއަށްގެންދިޔަ ކޮވިޑް-19 ޑްރިލެއްގެ ތެރެއިން - ފޮޓޯ: ޕީއެސްއެމް ނިއުސް

ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 519 އަށް އަރައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކުރާ ގޮތުގައި މިރޭ އިތުރު 05 މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ. އެއީ 04 ދިވެހިންނާއި، ސްރީ ލަންކާގެ މީހެކެވެ.

މީގެ ކުރިންވެސް މިރޭ 23 މީހަކު ކޮވިޑް-19 ޕޮޒިޓިވްވެފައިވާކަން އެޗްޕީއޭ އިން ވަނީ އިޢުލާންކޮށްފަ އެވެ. އެއީ 17 ދިވެހިންނާއި، 04 ބަންގްލަދޭޝް މީހުންނާއި ނޭޕާލްގެ މީހަކާއި އިންޑިއާ މީހެކެވެ. އޭގެ ތެރޭގައި ކުޑަކުދިންވެސް ހިމެނެއެވެ.

މިހާރު ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ 519 އަށް އަރާފައިވާއިރު، އޭގެ ތެރޭގައި އެންމެ ގިނައީ ބިދޭސީންނެވެ. އެގޮތުން 341 ބިދޭސީންނާއި 178 ދިވެހިން ވަނީ މިހާތަނަށް ޕޮޒިޓިވްވެފަ އެވެ. އަދި ޕޮޒިޓިވްވި ބިދޭސީންގެ ތެރޭގައި ގިނައީ ބަންގްލަދޭޝް މީހުންނެވެ. އެގޮތުން ޖުމްލަ 265 ބަންގްލަދޭޝް މީހުން ވަނީ އެ ބައްޔަށް ރާއްޖެއިން ޕޮޒިޓިވްވެފަ އެވެ.

އަދި ރާއްޖެއިން މި ބައްޔަށް އެންމެ ގިނައިން ޕޮޒިޓިވްވެފައި ވަނީ ފިރިހެނުންކަންވެސް ފާހަގަކޮށްލެވެއެވެ. ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 17 މީހަކު މިހާތަނަށް ވަނީ ރަނގަޅުވެފަ އެވެ.

ރާއްޖޭގެ އިތުރު ރަށަކުންވެސް ވަނީ އިއްޔެ ކޮވިޑް-19 ފެނިފައެވެ. އެގޮތުން ހއ. ތަކަންދޫން 03 މީހުން ޕޮޒިޓިވްވެފައިވާއިރު، މަނަދޫ މީހަކުވެސް ވަނީ އިއްޔެ މާލެއިން ޕޮޒިޓިވްވެފަ އެވެ. މީގެ އިތުރުން

ރާއްޖެއިން ފުރަތަމަ ފަހަރަށް ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވްވެފައި ވަނީ މާރިޗު 07 ގައި ނަމަވެސް، މާލެ ސަރަޙައްދުން ކޮވިޑް-19 ފެނުނީ މި ހިނގާ އޭޕްރީލް މަހުގެ 15 ވަނަ ދުވަހު އެވެ. މީގެ އިތުރުން ހއ. އުލިގަމާއި، ށ. ނަރުދޫ އާއި ށ. މިލަންދޫންވެސް ކޮވިޑް-19 ވަނީ ފެނިފައެވެ.

މިދިޔަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން މާލެ ސަރަޙައްދު ފުރަބަންދުކޮށްފައިވާއިރު، އެޗްޕީއޭ އިން ވަނީ ފުރަބަންދުގެ މުއްދަތު އިތުރު 14 ދުވަހަށް ދަމަހައްޓަން މިއަދު ނިންމައިފަ އެވެ.