ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު 491 އަށް އަރައިފި އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކުރާ ގޮތުގައި މިރޭ އިތުރު 10 މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ. އެއީ 05 ދިވެހިންނާއި، 03 ބަންގްލަދޭޝް މީހުންނާއި އިންޑިއާގެ 02 މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ 07 ފިރިހެނުންނާއި 03 އަންހެނުންނެވެ. އަދި އޭގެ ތެރޭގައި އުމުރުން 17 އަހަރުގެ ކުޑަކުއްޖަކުވެސް ހިމެނެއެވެ.
✳️ COVID-19 Update:
As of 1st May, 11:50pm, we have confirmed an additional 10 cases of COVID-19 infection in Maldives.
Cases:
– 5 Maldivians
– 3 Bangladeshis
– 2 IndiansTotal number of active cases: 491
— Health Protection Agency (@HPA_MV) May 1, 2020
މިއާއެކު ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ 491 އަށް އަރާފައިވާއިރު، އޭގެ ތެރޭގައި އެންމެ ގިނައީ ބިދޭސީންނެވެ. އެގޮތުން 334 ބިދޭސީންނާއި 157 ދިވެހިން ވަނީ މިހާތަނަށް ޕޮޒިޓިވްވެފަ އެވެ. އަދި ޕޮޒިޓިވްވި ބިދޭސީންގެ ތެރޭގައި ގިނައީ ބަންގްލަދޭޝް މީހުންނެވެ. އެގޮތުން ޖުމްލަ 261 ބަންގްލަދޭޝް މީހުން ވަނީ އެ ބައްޔަށް ރާއްޖެއިން ޕޮޒިޓިވްވެފަ އެވެ.
އަދި ރާއްޖެއިން މި ބައްޔަށް އެންމެ ގިނައިން ޕޮޒިޓިވްވެފައި ވަނީ ފިރިހެނުންކަންވެސް ފާހަގަކޮށްލެވެއެވެ. ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 18 މީހަކު މިހާތަނަށް ވަނީ ރަނގަޅުވެފަ އެވެ.
ރާއްޖޭގެ އިތުރު ރަށަކުންވެސް ވަނީ މިއަދު ކޮވިޑް-19 ފެނިފައެވެ. އެގޮތުން ހއ. ތަކަންދޫން 03 މީހުން ޕޮޒިޓިވްވެފައިވާއިރު، މަނަދޫ މީހަކުވެސް ވަނީ މިއަދު މާލެއިން ޕޮޒިޓިވްވެފަ އެވެ. މީގެ އިތުރުން
ރާއްޖެއިން ފުރަތަމަ ފަހަރަށް ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވްވެފައި ވަނީ މާރިޗު 07 ގައި ނަމަވެސް، މާލެ ސަރަޙައްދުން ކޮވިޑް-19 ފެނުނީ މި ހިނގާ އޭޕްރީލް މަހުގެ 15 ވަނަ ދުވަހު އެވެ. މީގެ އިތުރުން ހއ. އުލިގަމާއި، ށ. ނަރުދޫ އާއި ށ. މިލަންދޫންވެސް ކޮވިޑް-19 ވަނީ ފެނިފައެވެ.
މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން މާލެ ސަރަޙައްދު ފުރަބަންދުކޮށްފައިވާއިރު، އެޗްޕީއޭ އިން ވަނީ ފުރަބަންދުގެ މުއްދަތު އިތުރު 14 ދުވަހަށް ދަމަހައްޓަން މިއަދު ނިންމައިފަ އެވެ.