English Edition
Dhivehi Edition

ކޮވިޑް ޖެހިފައި ތިބި 5 މީހުން އައިސީޔޫގައި އެބަތިބި ކަމަށް ޑރ. އަލީ ލަތީފު ވިދާޅުވެއްޖެއެވެ.

ކޮވިޑް-19 ޖެހިގެން ރާއްޖޭގައި ފުރަތަމަ ފަހަރަށް މީހަކު މަރުވުމާ ގުޅިގެން ބާއްވާ މީޑިއާ ބްރީފިން ގައި ވާހަކަ ދައްކަވަމުން ޑރ އަލީ ލަތީފު ވިދާޅުވީ އެހެން ގައުމުތަކުގައި ބަލި ޖެހޭމީހުންގެ 2 ޕަސެންޓް މީހުން ނިޔާވާކަމަށާއި ރާއްޖޭގައި މިހާތަނަށް އައިސީޔޫގައި ފަރުވާ ދީފައި ވަނީ 5 މީހުންނަށް ކަމަށެވެ.

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. މޫސާ ހަސަން ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލުގައި ފަސް މީހަކަށް ފަރުވާ ދެމުން ދާކަމަށެވެ. އަދި އޭގެ ތެރެއިން އެހެން ބަލިތަކުގެ 3 މީހުން ތިބި ކަމަށާއި އޭގެ ތެރެއިން އެންމެ ދުވަސްވީ މީހާ މިއަދު އޮކްްސިޖަން ބޭނުންވެގެން އޮކްސިޖަން ދީފައިވާ ކަމަށެވެ. ނަމަވެސް އެއްވެސް މީހަކު ވެންޓިލޭޓަރަކަށް ނުލާ ކަމަށާއި މީގެ ތެރެއިން އެކަކު ފިޔަވައި އެހެން މީހުންނަކީ ދިވެހިންކަމަށް ޑރ މޫސަ ވިދާޅުވިއެވެ.

ކޮވިޑް 19 އަށް މިއަދު އިތުރު 8 މީހަކު ޕޮޒިޓިވް ވެފައިވާއިރު ރާއްޖެއިން 280 މީހަކު ވަނީ ކޮވިޑް-19 އަށްޕޮޒިޓިވް ވެފައެވެ.