English Edition
Dhivehi Edition
ފޮޓޯ: ޕީއެސްއެމް

ކޮވިޑް-19 އަށް އިތުރު ދެ މީހަކު ޕޮޒިޓިވްވެފައިވާކަން ހެލްތު މިނިސްޓްރީއިން ހާމަކޮށްފި އެވެ.

ކޮވިޑް-19 ގެ އެންމެ ފަހުގެ މައުލޫމާތު ގެނެސްދޭ ހެލްތު މިނިސްޓްރީގެ ވެބްސައިޓްގައިވާ ގޮތުން ރާއްޖެއިން އިތުރު ދެ މީހަކު ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އެއީ ދިވެއްސަކާއި ބަންގްލަދޭޝްގެ މީހެކެވެ. އެ މައުލޫމާތުތަކަށް ބަލާއިރު ކޭސް 27 އަކީ އުމުރުން 33 އަހަރުގެ ދިވެހި ފިރިހެނެކެވެ. ކޭސް28 އަކީ ބަންގްލަދޭޝްގެ ފިރިހެނެކެވެ. އެމީހާގެ އުމުރު ވެބްސައިޓުގައި ހާމަކޮށްފައެއްނުވެ އެވެ. ކޭސް27 ގުޅެނީ ހެލްތު މިނިސްޓްރީގެ ވެބްސައިޓުގައިވާ ގޮތުން ނަމަ “އެމްއެޗްއެފް” ކްލަސްޓާއާ އެވެ. ކޭސް28 މިހާތަނަށް އެއްވެސް ކްލަސްޓާއަކާ ގުޅުމެއް ނެތެވެ. ހެލްތް މިނިސްޓްރީއިން ބުނި ގޮތުގައި އެދެ މީހުންގެ ހާލު ސްޓޭބަލް އެވެ

މި ދެ ކޭސްއާއިއެކު ރާއްޖޭގައި ކޮވިޑް 19 ޖެހިފައިވާ މީހުންގެ ޖުމްލަ 228އަށް މި ވަނީ އަރައިފަ އެވެ.

ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 17 މީހަކު މިހާތަނަށް ވަނީ ރަނގަޅުވެފަ އެވެ. އަދި ތިން މީހަކަށް ދަރުމަވަންތަ ހޮސްޕިޓަލްގައި އަންނަނީ ފަރުވާ ދެމުންނެވެ. އޭގެ ތެރެއިން އެކަކަށް އޮކްސިޖަން ދެމުން އަންނަ ކަމަށް ސަރުކާރުން ރޭގައި ބުނެފައި ވެ އެވެ. އެއީ ޕާކިސްތާނުގެ ދެ މީހުންގެ ތެރެއިން އުމުރުން 48 އަހަރުގެ ފިރިހެންމީހާ އެވެ.