English Edition
Dhivehi Edition

ސައުތު އޭޝިއަން ޓްރެވެލް އެވޯޑްސްގައި ސްރީލަންކާއިން ހޮވިފައިވާ ފަރާތްތަށް ވަޒަން ކުރުމުގެ މަސަތްކަތް ފަށާއިފިއެވެ. މި އެވޯޑަށް ރާއްޖެއިން ހޮވުނު ފަރާތްތަށް ވަޒަން ކުރުން މިދިޔަ ބުދަ ދުވަހު ވަނީ ފަށާފައެވެ.

އާދީއްތަ ދުވަހު ސްރީލަންކާގެ ރަމަޑާ ހޮޓެލްގައި ފެށި ވަޒަން ކުރުމުގެ މަސައްކަތް އަންގާރަ ދުވަހު ނިންމާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އެއަށް ފަހު ދެން ބުދަ ދުވަހުން ފެށިގެން އަންނަ ހަފްތާގެ އާދީއްތަ ދުވަހާ ހަމަޔަށް ދެކުނު އިންޑިއާއިން ހޮވިފައިވާ ފަރާތްތަށް ފެށިގެން ދާނެއެވެ. ދެކުނު އިންޑިއާއިން ހޮވުނު ފަރާތްތަށް ވަޒަން ކުރުން އޮންނާނީ އެގައުމުގެ ބެންގަލޫރުގެ ޗާންސަރީ ޕެވިލިއަންގައެވެ. އުތުރު އިންޑިއާގެ ވަޒަން ކުރުން އޮންނާނީ ނިއު ދިއްލީގެ ‘އުޑްމަން ހޮޓެލްސް އެންޑް ރިސޯޓްސް ބައި ފާންސް އެންޑް ޕެޓަލްސް’ ގައެވެ. އެއީ 27 އޮގަސްޓް އިން 29 އޮގަސްޓް އަށެވެ.

އެއަށް ފަހު ބޫޓާން އަދި ނޭޕާލްއިން ހޮވުނު ފަރާތްތަށް ވަޒަން ކުރުން އޮންނާނީ ނޭޕާލުގެ ވެރިރަށް، ކާތުމަންޑޫގެ ހޮޓެލް މަލްބަރީގައި 31-29 އޮގަސްޓަށެވެ.

ޖުމްލަ 414 ފަރާތެއް ރާއްޖެ، އިންޑިއާ، ސްރީލަންކާ، ނޭޕާލް އަދި ބޫޓާން އިން މި އެވޯޑުގައި 39 ގިންތި އަކުން ވާދަ ކުރާނެއެވެ.

މި ދިޔަ އަހަރު ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ ހައި ރައިސް އިން ތައާރަފް ކުރި މި އެވޯޑް ވަނީ މި ސަރަހައްދުގެ ފަތުރުވެރިކަމާ ބެހޭ ހުރިހާ އިދާރާތަކެއް ހެން ބަލައިގަނެފިއެވެ. ސަޓާ އެވޯޑަކީ މި ސަރަހައްދުގައި ބާއްވާ އަލަށް ދޭންފެށި ފަތުރުވެރިކަމުގެ އެވޯޑެކެވެ. މިދިޔަ އަހަރު ސްރީލަންކާގެ މައުންޓް ލަވީނިއާގައި ބޭއްވުނު މި އެވޯޑަށް ވަރަށް ބޮޑު ތަރު ހީބެއް ލިބިގެން ދިޔައެވެ. މި ފަހަރުގެ މި އެވޯޑު ބޭއްވުމަށް ހަމަޖެހިފައި ވަނީ އައްޑޫ ސިޓީ ގަމުގައި ހުންނަ އީކުއޭޓާރ ވިލެޖުގައެވެ.