English Edition
Dhivehi Edition

“ރޯދައިގެބަދިގެ” މި ސެގްމެންޓްގައި މިއަދު ހާއްސަކޮށްލާނީ ވަރަށް މީރު ފޮނި ކާއެއްޗެއް ތައްޔާރު ކުރާނެގޮތް ގެނެސްދިނުމަށެވެ. އެގޮތުން މިއަދު ގެނެސްދޭ ޗޮކްލެޓް ކްރީމް ޕައި އަކީ ފޮނި ކާތަކެއްޗަށް ލޯބިކުރާ އެންމެހައި ފަރާތްތަކަށް ވަރަށް ކަމުދާނެ ރެސިޕީއެއް ކަމަށް އުންމީދުކުރަމެވެ.

ބޭނުންވާތަކެތި:

2 ޖޯޑު މިލްކް ޗޮކްލެޓް ބަރ

1 މާރީބިސްކޯދު ޕެކެޓް

1/2 ޖޯޑު ބަޓަރ (ވިރުވާފައި)

1 ދަޅު ގެރިކިރު

1 ޖޯޑް ހެވީކްރީމް

3 ޖޯޑު ކްރީމް ފްރެޝް

ކުޑަޓްރޭއެއް

ތައްޔާރު ކުރާނެގޮތް:

އެންމެފުރަތަމަ ބިސްކޯދު ޕެކެޓުން ޓްރޭގައި ލޭޔާއެއް އެޅޭވަރަށް މިކްސަރުން ބިސްކޯދު ފުނޑުކޮށްލާނީ. ފުނޑު ކުރުމަށްފަހު ވިރުވާފައި ހުރި ބަޓަރު ކޮޅު ބިސްކޯދާއި އެއްކޮށްފައި ޓްރޭގައި ލޭޔާއެއް އަޅާށެވެ. ދެން ފްރެޝްމިލްކް އަދި ގެރިކިރު މިކްސަރުން ރަނގަޅަށް އެއްކުރާށެވެ. ޓްރޭގައި އަތުރާފައި ހުރި ބިސްކޯދު ލޭޔާ މައްޗަށް ތައްޔާރު ކުރި ކްރީމުން ލޭޔާއެއް އަޅާށެވެ. އެއަށްފަހު ފްރިޖްގައި އެއްގަޑި އިރުވަންދެން ޓްރޭ ބަހައްޓާށެވެ. ދެން ޗޮކްލެޓް ވިރުވާފައި ހެވީކްރީމް އެޅުމަށްފަހު ރަނގަޅަށް މިކްސް ކޮށްފައި ފްރިޖުން ޓްރޭނެގުމަށްފަހު މައްޗަށް ޗޮކްލެޓް ލޭޔާ އަޅާލާށެވެ. ގާނިޝް ކުރުމަށް މައްޗަށް ޗޮކްލެޓް ގާނާފައި އެޅިދާނެއެވެ.