English Edition
Dhivehi Edition
އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލްގައި ނަރުހުންތަކެއް މަސައްކަތުގައި: ފޮޓޯ އޭއީއެޗް

 

މާލެއިން ކޮވިޑް-19 ގެ އިތުރު 6 ކޭސް މިއަދު ފެނިފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ހާމަކޮށްފި އެވެ.

އެޗްޕީއޭއިން ބުނީ މިއަދު އަލަށް ފެނުނު ހަ ކޭހުގައި ހިމެނެނީ ދެ ދިވެހިންނާއި ދެ ބަންގްލަދޭޝް މީހުން ނާއި އަދި ސްރީލަންކާގެ މީހަކާއި އިންޑިއާ މީހެއްކަމަށެވެ.

މިއަދު ޕޮޒިޓިވް ވި މީހުންނާއެކު މާލެއިން ފެނުނު ކޭސްތަކުގެ އަދަދު ވަނީ، 96 އަކަށް އަރާފައެވެ. އަދި މިހާތަނަށް ރާއްޖެއިން ފެނުނު ކޭސްތަކުގެ ޖުމްލަ އަދަދަކީ، 116 އެވެ.

މީގެ ކުރިންވެސް ވަނީ އިންޑިއާގެ 2 މީހަކު ރާއްޖޭގައި މިވައިރަހަށް ޕޮޒިޓިވް ވެފައެވެ. އެހެންކަމުން ވައިރަހަށް ޕޮޒިޓިވް ވި އިންޑިއާ މީހުންގެ އަދަދަކީ މިހާރު 3 އެވެ. މިއަދަކީ ސްރީލަންކާ މީހަކު ރާއްޖޭގައި ކޮވިޑް 19 އަށް ޕޮޒިޓިވް ވި ފުރަތަމަ ފަހަރެވެ. މިބަލީގައި ބަންގްލަދޭޝްގެ 45 މީހަކުވެސް މިހާރު އެބަތިއްބެވެ. މިއަދު އަލަށް އިތުރުވި ކޭސްތަކާއެކު މިއަދު މިވަނީ 8 މީހަކު ޕޮޒިޓިވް ވެފައެވެ.