އައްޑޫ ސިޓީއެ ބޯކޮށާ ތަންތަނުން ޚިޒުމައް ދިނުން މެދެކަނޑަލާއު އައްޑޫސިޓީ ކައުންސިލުން އަނގުވަލިއެ.
އައްޑޫސިޓީ ކައުންސިލުން ކެޑެ އިއުލާނަކި ބެޱަފެއި އޮތީ ރާއްދޭއި ކޮރޯނާވައިރަހައް މީހުން ފައްސިވޭ މިންވަރަ ދުވަހުން ދުވަހައް އިތިރިވެމުން އޭކޯ ދިވެހިރާއްދޭއި އިދާރީ ދާއިރާ ލާމަރުކަޒީ އުސޫލައު ހިނގުވާ ގާނޫނެ 39 ވަނަ މާއްދާގެ (ޓ) އެއި (ޗ) އެއި އާންމު ސިއްހަތު ރައްކޯތެރިކެޑުމުގެ ގާނޫނެ 41 ވަނަ މާއްދާގެ ށ އެއި ނޫނުން ކައުންސިލައް ލިބިފެއިއޮންނަ ބާރުގެ ދަށުން، އައްޑޫ ރައްޔަތުންގެ ސަލާމަތާއި ރައްކޯތެރިކަމައް ހޯމަދުވަހުން ފައްޓަގަން ވަކި ދުވަހައް އަންގުވާތިކޮއް އައްޑޫސިޓީއެ ބޯކޮށާ ތަންތަނުން ހިޒުމައް ދިނުމަކީ މަނާ ކަމަކާއު.
އަދި އެ އެނގުވުމާއި ޚިލާފުވޭ މީހުންނާއިމެދެ ދިވެހިރާއްދޭއި އިދާރީ ދާއިރާ ލަމާރުކަޒީ އުޞޫލައު ހިނގުވާ ޤާނޫނާއި އެއްލެކައް ފިޔަވަޅަ އެޑާށުމާއު.
އައްޑޫ ސިޓީ ކައުންސިލުން އޮތީ އެޕްރީލް 19 ވަނަ ދުވަހި ހަވީރެއި 05:00 އިން ފެއްޓިގެން އައްޑޫ ވިޔަފާރީގެ ޚިޒުމައް ދޭ އުސޫލާށަސް ބަދަލަ ގިނާއްސެއި
އެލެކުން މިކޯ ޢާންމު ވިޔަފާރިތަކުން ޚިޒުމައް ދިޔެނީ ގޭގެއު އެއްތެތި ޑެލިވަރީ ކޮއްގަން. މިލެކައް ޑެލިވެރީއަސް ވެނީ ވިޔަފާރިތަކުން ޑެލިވަރީގެ ޚިޒުމަތައު އެދި ރަށި ސޯޝަލް ސަޕޯޓު ޑެސްކާއި ރަޖިސްޓަރީ ކެޑެމެއި، އެތަނުން ދޭ ޚާއްޞަ ޑެލިވަރީ ހުއްދާކިދަށުން
އައްޑޫ ސިޓީ ކައުންސިލުން މިލެކައް ނިންމަފެއިވޭކޯ މެހެއިތާން މާލެން 66 ބާކިން ވެނީ ކޮވިޑް އޮޱޮވިއްސައް ފައްސި ވެފެއި. އަދި މިޅި ރާއްދޭން މެހެއިތާން ޖުމުލަ 86 ބާކިން ވެނީ ކޮވިޑް އޮޱޮވިއްސައް ފައްސިވެފެއި.