English Edition
Dhivehi Edition
ގއ. ކޮނޑޭ - ފޮޓޯ: ޓްވިޓާ

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެންގުމާއި ޚިލާފަށް ގއ. ގެމަަނަފުށިން ގއ. ކޮނޑޭ އަށް ދިޔަ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މިއަދު މެންދުރުފަހުގެ ވަގުތެއްގައި ގއ. ގެމަނަފުށިން 60 އަހަރުގެ ދިވެހި ފިރިހެނަކު ކައުންސިލްގެ ހުއްދައެއް ނެތި ސިއްރުން ޑިންގީއެއްގައި ގއ. ކޮންޑޭ އަށް ގޮސް، އެ ރަށު ކައުންސިލްގެ ހުއްދަ ނެތި ފުއްޓަރު ފަރާތުން ރަށަށް ކައިރިކޮށް ސިއްރުން އެ ރަށަށް އަރައިގެން އުޅެނިކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

އަދި އެ މައްސަލަ މިހާރު ތަޙުޤީޤު ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ބުނެއެވެ.

ފުލުހުން ވަނީ މި ނާޒުކު ދަނޑިވަޅުގައި ހުރިހާ ފަރާތްތަކުންވެސް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ އެންގެވުމާ އެއްގޮތަށް ޢަމަލު ކުރުމަށް އިލްތިމާސްކޮށްފަ އެވެ.

އެޗްޕީއޭ އިން ވަނީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށްޓަކައި އޭޕްރީލް 17 ވަނަ ދުވަހުން ފެށިގެން މާލެ ސަރަޙައްދު ފިޔަވައި ރާއްޖޭގައި ހުރިހާ ރަށެއްގައިވެސް ޒަރޫރީ ބޭނުމެއްގައި މެނުވީ އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން މަނާކޮށްފަ އެވެ.

މީގެ އިތުރުން ދިރިއުޅޭ ގޭބިސީ ފިޔަވައި، އަމިއްލަ ތަންތަނާއި އާންމު ތަންތަންވެސް ހިމެނޭގޮތުން، އެއްވެސް ތަނެއްގައި ގިނަ ބަޔަކު އެއްވެ އުޅުން ހުއްޓައިލުމަށާއި، ވަކިން ޚާއްސަކޮށް ޕާޓީތަކާއި ޙަފްލާތައް ބޭއްވުމާއި، މާހެފުމާއި، ދެތުރުދިޔުމާއި، މޫދަށް އެރުމާއި، ކުޅިވަރު ކުޅުމާއި، އިޖުތިމާޢީ އެނޫން ޙަރަކާތްތައް ބޭއްވުން ހުއްޓައިލުމަށްވެސް އެޗްޕީއޭ އިން ވަނީ އަންގައިފަ އެވެ.