English Edition
Dhivehi Edition

އެސްޓީއޯ ސުޕަމާޓް ތެރޭގައި މިއަދު ބިދޭސީ ޑޮކްޓަރަކަށް ހަމަލާދީ މާރާމާރީ ހިންގައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެސްޓީއޯ ސުޕަމާކެޓް ތެރޭގައި ރާއްޖޭގައި މަސައްކަތް ކުރާ ޑޮކްޓަރަކަށް ހަމަލާދިން މައްސަލައެއް މިއަދު 13:25 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށާއި

ހަމަލާދީފައި ވަނީ ރާއްޖޭގައި މަސައްކަތް ކުރާ ސްރީލަންކާގެ ފިރިހެން ޑޮކްޓަރަކަށެވެ. އޮފިޝަލް ވިދާޅުވީ އެ މާރާމާރީގައި ޑޮކްޓަރުގެ ވައަތު ލޯ ކައިރި މަށައިގެން ގޮސްފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން 49 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށާއި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ވިދާޅުވެއެވެ.