English Edition
Dhivehi Edition

މަކަރާއި ހީލަތުގެ މައްސަލައަކާއި ގުޅިގެން އައްޑޫ ސިޓީ ހިތަދޫ މީހަކު ހޯދުމުގެ މަސައްކަތް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ފަށައިފި އެވެ.

ފުލުހުން ބުނީ އެ މައްސަލައާއި ގުޅިގެން ހޯދަމުންދަނީ ސ.ހިތަދޫ، އޯކިޑްވިލާ، މޫސާދީދީ (51އ) ކަމަށެވެ. އޭނާ ހާޒިރުކުރުމަށް ބޭނުންވަނީ މަކަރާއިހީލަތް ހަދާފައިވާ މައްސަލައަކާ ގުޅިގެން ސުވާލުކުރުމަށް ކަމަށްވެސް ފުލުހުން ބުނެއެވެ.

އެގޮތުން ފުލުހުން ހދ. ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނުން ތަޙުޤީޤު ކުރަމުންދާ މައްސަލައެއްގެ ތަޙުޤީޤަށް އޭނާ ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަޙުޤީޤަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައި ނުވާ ކަމަށާއި، އާއިލާއަށްވެސް އުޅޭ ވަކިތަނެއް އެނގިފައިނުވާ ކަމަށެވެ. އެހެންކަމުން ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ޤަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތިން ތަޙުޤީޤަށް އޭނާ ހާޒިރުވުމަށް އަންގާ ކަމަށްވެސް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އޭނާ ހާޒިރުވާން ޖެހެނީ 20 އޭޕްރީލް 2020 ވަނަ ދުވަހުގެ 10:00 އަށް ހދ. ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނަށް ކަމަށެވެ.