English Edition
Dhivehi Edition
މަރަދޫ ބޮޑު މަގު. ފޮޓޯ އޭއޯ ނިއުސް

އައްޑޫ ސިޓީ މަރަދޫގައި، މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމް ކޮށްލައިފި އެވެ.

ފުލުހުން ވިދާޅުވީ އޭޕްރިލް 9 ވަނަ ދުވަހު ރޭ 20:16 ހާއިރު އައްޑޫ ސިޓީގެ މަރަދޫ މުދިންގެ މަގުން ދެ ސައިކަލުގައި އައި 4 މީހަކު ތޫނު އެއްޗަކުން ހަމަލާދީ ފިރިހެނަކު ޒަޚަމް ކޮށްލި މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. ޒަޚަމް ވެފައިވަނީ 36 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

މި ހަމަލާގައި އޭނަގެ ބުރަކަށިން ފަސް އިންޗި ވަރު ތިލަކޮށް ވަނީ ކަފައިގެން ގޮސްފައެވެ. އޭނާ އަށް މަރަދޫ ހެލްތު ސެންޓަރ އިން ފަރުވާ ދިނުމަށް ފަހު ދޫކޮށްލާފައިވާކަމަށާއި މި މައްސަލަ ތަހުގީގު ކުރަމުން ދާ ކަމަށް ފުލުހުން ވިދާޅުވެއެވެ.