English Edition
Dhivehi Edition
ކުޅުދުއްފުށި ސިޓީ - ފޮޓޯ: ސޯޝަލް މީޑިއާ

ކުޅުދުއްފުށި ސިޓީގައި ބިދޭސީއެއްގެ ގައިގައި ދަނޑިބުރިއަކުން ޖެހުމަށްފަހު އޭނާގެ ވޮލެޓު ފޭރިގެންފި އެވެ.

ފުލުހުން ބުނީ އޭޕްރީލް 07 ވަނަ ދުވަހު 22:30 ހާއިރު ހދ. ކުޅުދުއްފުށީގައި މަސައްކަތް ކުރާ ބަންގްލަދޭޝަށް ނިސްބަތްވާ ފިރިހެނެއް މަގުމަތިން ދަނިކޮށް ސައިކަލެއްގައި އެމަގުން ދިޔަ ބަޔަކު އެމީހާގެ ގައިގައި ދަނޑިބުރިއަކުން ޖަހާ މާރާމާރީ ހިންގާފައިވާ ކަމަށެވެ. އަދި އެމީހުން ތިބީ މޫނު ނިވާކޮށްގެން ކަމަށާއި، އެ ހާދިސާގައި އެމީހުން ވަނީ ބިދޭސީ މީހާގެ ވޮލެޓު ފޭރިގެންފައި ކަމަށްވެސް ފުލުހުން ބުނެއެވެ.

މީގެ އިތުރުން އެ މާރާމާރީގެ ސަބަބުން އަނިޔާ ލިބުނު ބިދޭސީ މީހާގެ ވާތު ބުމަ މަތިން އެއް އިންޗު ހުންނަ ވަރުގެ ތަނެއް ފަޅައިގެން ގޮސްފައިވާ ކަމަށާއި، އޭނާގެ ކަނާތު އަތަށްވެސް އަނިޔާވެފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި ފަރުވާއަށް އެމީހާ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މިހާރު އެ މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުން އަންނަ ކަމަށެވެ.