English Edition
Dhivehi Edition

ވަޒީފާ ގެއްލޭ ފަރާތްތަކަށް ސަރުކާރުން ދިނުމަށް ނިންމާފައިވާ ތިން މަސް ދުވަހުގެ އެލަވަންސް ލިބޭނީ ޖޮބްސެންޓަރުގައި ރަޖިސްޓްރީކުރާ ފަރާތްތަކަށް ކަމުގައި ސަރުކާރުން ބުނެފިއެވެ.

ސަރުކާރުން އިއުލާންކޮށްފައިވާ ރިލީފް ޕެކޭޖުގެ ތަފްސީލް ހާމަކޮށް ރޭ ފިނޭންސް މިނިސްޓްރީން ޢާއްމުކުރި އުސޫލުގައި ވަނީ ކޯވިޑް-19 އާ ގުޅިގެން ވަޒީފާ ގެއްލޭ ފަރާތްތަކަށް އޭޕްރީލް މަހުން ފެށިގެން 3 މަސް ދުވަހުގެ މުއްދަތަށް ސަރުކާރުން އެލަވަންސް އެއް ދިނުމަށް ނިންމާފައިވާކަމަށާއި މި އެލަވަންސް ހޯދުމަށް ޖޮބް ސެންޓަރުގައި ރަޖިސްޓްރީވާން ޖެހޭނެކަމަށެވެ.އަދި މި އެލަވަންސް ލިބޭނީ މަސް ނިމޭއިރުގައި ކަމަށްވެސް މިނިސްޓްރީންވަނީ ހާމަކުރައްވާފައެވެ.

Advt

Advertisement

ކޮވިޑް19 އާއި ގުޅިގެން ދުނިޔޭގެ ދަތުރުފަތުރަށާއި އިގްތިސާދަށް އައި ހީނަރު ކަމާއެކު މިހާރުވެސް ރިޒޯޓުތަކުގައި މަސައްކަތް ކުރާ ފަރާތްތަކުގެ ތެރެއިން ގިނަ ބައެއްގެ ވަޒީފާ ގެއްލިފައިވާއިރު، މިހާތަނަށް ޖޮބް ސެންޓަރުގައި ރަޖިސްޓްރީ ކޮށްފައިވަނީ 743 މީހުންނެވެ.