English Edition
Dhivehi Edition

ޖޭޑަބްލިޔު މެރިއޮޓް މޯލްޑިވްސް އެންޑް ސްޕާއިން ގެއްލުނު އިމާމު ހޯދަން 120،000 އަކަ މީޓަރުގެ ސަރަޙައްދެއް ބެލިއްޖެ ކަމަށާއި، އެމީހާ އަދިވެސް ނުފެންނަ ކަމަށް އެމްއެންޑީއެފްއިން ހާމަކޮށްފިއެވެ.

އޭނާ ގެއްލިގެން އެ ރިސޯޓުން ރިޕޯޓްކޮށްފައިވަނީ އާދިއްތަ ދުވަހުގެ ރޭގަނޑު 10:13 އެހާކަށްހާއިރުއެވެ. ގެއްލިގެން ހޯދަމުންދާމީހާ އެންމެ ފަހުން ފެނިފައިވަނީ އެ ރިސޯޓުގެ ސަޕްލައި ޖެޓީ މަތީގައި ފޯން ކޯލެއްގައި ހުއްޓާ ސީސީޓީވީ ފުޓޭޖުންނެވެ. ސީސީ ކެމެރާއިން ފެނުނު ގޮތުގައި އޭނާ ފޯނު ކޯލުގައި ހުރެފައި ފުންމާލީ މޫދަށް ކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ.

ގެއްލިގެން ހޯދަމުންދަނީ ޖޭޑަބްލިޔު މެރިއޮޓް މޯލްޑިވްސް އެންޑް ސްޕާ ރިސޯޓުގެ މިސްކިތު އިމާމްއެވެ. އޭނާއަކީ ޢުމުރުން 30 އަހަރުގެ އިންޑިއާ ރައްޔިތެކެވެ. އެމްއެންޑީއެފްގެ ތަރުޖަމާނު މޭޖަރ އިބްރާހިމް އާޒިމް ވިދާޅުވީ، އޭނާ ހޯދުމުގެ މަސައްކަތުގައި ކަނޑުގެ ސަރފެސް ބެލުމުގައި ކޯސްޓް ގާޑު ލޯންޗެއް ހަރަކާތްތެރިވަމުންދާ ކަމަށާއި ކަނޑު އަޑި ބެލުމުގައި ޑައިވަރުން ޙަރަކާތްތެރިވަމުންއަންނަ ކަމަށެވެ. މުދިމް ގެ މިޙާދިސާ ފުލުހުން ތަޙްޤީޤު ކުރަމުން އަންނަ ކަމަށް ފުލުހުންގެ އިދާރާއިން ހާމަކޮށްފައިވެއެވެ.